ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެނީ އެކަށީގެންވާ އަދަދެއް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބޭ ކޮންމެ މުސާރައާއި އިނާޔަތްތައް އެ ބޭފުޅުން ކުރައްވާ މަސައްކަތާ އެކަށީގެންވާ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ “އާސްކް ސްޕީކާ’ ޕްރޮގްރާމްގައި މެމްބަރުންގެ މުސާރައާއި ގުޅޭގޮތުން އާންމު ފަރާތަކުން ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެމަނިކުފާނުގެ މައްސަލަ އަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ މަދު ކަމަށެވެ.

ނަޝީދު ވިދާޅުވީ 1999 ވަނަ އަހަރު އެމަނިކުފާނު މަޖިލިހަށް ވަޑައިގެންނެވި އިރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 2،500 ރުފިޔާ ކަމަށާއި އޭގެ ފަހުން، އެ ތަން ދައުލަތުގެ މުއައްސަސާއަކަށްވެ، އެ ތަނަކީ ގަދަރާއި ހައިބަތު ހުރި ތަނަކަށް ވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ފަހުން އައިސް މި ތަން ދައުލަތުގެ މުއައްސަސާއަކަށް މި ތަންވެ، މި ތަނުގައި ތިބޭ މީހުންނަކީ ގަދަރާއި ހައިބަތާއި އިއްޒަތާއި ވިސްނުންތެރިކަމާއި ބުއްދިވެރިކަމާއި އިހްލާސްތެރިކަމާއި މިކަންކަން ހުރެގެން ރައްޔިތުންގެ މަސައްކަތްކޮށް ދޭނެ ބައެއްގެ ގޮތުގައި. އެފަދަ ބަޔަކަށް ދޭނީ ކޮން އެއްޗެއްތޯ މި އަހަނީ. އަޅުގަނޑު ހިތުން އެކަށީގެންވާ އެއްޗެއް މި ދެވެނީ،” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްގެ ގޮތުގައި ލިބިލައްވާ މުސާރައިގެ އިތުރަށް ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތައްވެސް ލިބިލައްވައެވެ.

ކޮވިޑު-19އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަ ކުރި ނަމަވެސް ފަހުން އަނެއްކާވެސް މުސާރަތައް ވަނީ އިއާދަކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: