ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން މަޖިލީހަށް ސިޓީ ލިޔުއްވުމަށް ނަޝީދު އަންގަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ސިޓީ ލިޔުއްވުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

“އާސްކް ސްޕީކާ” ޕްރޮގްރާމްގައި ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރަކު ކުރި ސުވާލެއްގައި ވަނީ ސްކޫލްގެ މިހާރުގެ ހާލަތާއި، ކަމާބެހޭ އިދާރާތަކުން ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުނު ނަމަވެސް އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާތީ މަޖިލީހުން އިސްނަގައިގެން މި މައްސަލަ ބަލައިދޭން އެދިފައެވެ.

“ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާއަކީ ވަކި މުއައްސަސާއެއް. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ސިޓީތަކާއި އަދި ހުށަހެޅޭ ކަންކަން ވެސް އިރާދަކުރެއްވިއްޔާ މަޖިލީހުން ބަލާނެ. އަޅުގަނޑުމެން އެކަމާ އުޅޭނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ފްލައިން ސްކޫލުން ހަޔާރ އެޑިއުކޭޝަން މިނިސްޓްރީގެ ގިނަ އެނގުންތަކަށް މިހާތަނަށް ބޯލަނބާފައި ނުވެއެެވެ. އެގޮތުން ދަރިވަރުންގެ ކޯސް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހެދުމާއި، އިތުރަށް މިނިސްޓްރީގެ ހުއްދަ ނެތި ދަރިވަރުން ނުނެގުމަށް އަންގާފައިވާ އެންގުމަށް ވެސް ބޯލަނބާފައި ނުވެއެވެ.

ފްލައިން ސްކޫލުގެ މައްސަލަތައް ބޮޑުވެފައިވާއިރު، އެތަނަށް ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާވެސް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: