ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް މިމަހު ހުޅުވާލަނީ!

ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް މިމަހުގެ 14 ވަނަ ދުވަހު ހުޅުވާލުމަށް މިނިސްޓްރީ އޮފް ޓުއަރިޒްމްއިން ނިންމައިފިއެވެ.

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ ގްރޭޓާރ މާލެ އޭރިއާގެ ހޮޓެލްތަކާއި ގެސްޓްހައުސްތައް މިމަހުގެ 14 ވަަނަ ދުވަހުން ފެށިގެން ހުޅުވާލާނެކަމަށެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށާއި ހޮޓެލްތަކަށް އަންނަ ފަތުރުވެރިންގެ އަތުގައި 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮންނަންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޓުވީޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި، އެޗްއީއޯސީ، އެޗްޕީއޭ އަދި ޓެގް ޓީމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކުގެ ތެރެއިން ހުޅުވާލުމަށް ނިންމާފައިވަނީ ހުރިހާ ހޮޓެލްތަކާއި ގެސްޓްހައުސްތައްކަމެއް މިނިސްޓަރ ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ޓުއަރިޒްމް މިނިސްޓްރީއިން އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަދޭން ނިންމިއިރު ގެސްޓް ހައުސްތައް ހުޅުވޭނީ ވަކި އުސޫލްތަކެއް ފުރިހަމަވެފައި ހުރުމުންކަމަށް ވަނީ ހާމަކޮށްފައެވެ.

އެގޮތުން ރަށުގައި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކޮށްފައި ހުރިތޯ ބަލާއިރު އިތުރުން ސިއްހީ ގޮތުގައި ފުރިހަމަކުރަންޖެހޭ ކަންތައްތަކެއްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މިކަންކަން ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް އެންގުމުން އަދި ގެސްޓްހައުސްތަކުން ވަކި ވަކިން ހުށައަޅައި އެސްއޯޕީތަކަށް ބެލުމަށްފަހު އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް އަންނަނީ ހުއްދަދެމުންނެވެ. އެގޮތުން، ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ފަށާފައިވާއިރު، މިހާތަނަަށް 24 ރަށަކުން 125 ގެސްޓްހައުސް އަންނަނީ އޮޕަރޭޓްކުރަމުންނެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: