ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީބުގެ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބު އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތަޢީދުކޮށްފިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޝަހީބު ދޫކޮށްލަން ދަށުކޯޓުން ނިންމާފައިވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން މައްސަލަ ވަނީ އިސްތިއުނާފުކޮށްފައެވެ.

އެމައްސަލަ ބެއްލެވުމަށްފަހު މިއަދު ކުރި ޙުކުމްގައި ވަނީ ޝަހީމް އިބްރާހީމް ބަންދުކުރީ ޤާނޫނާއި ޚިލާފަށްކަމަށް ނުދެކޭކަމަށާއި، ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ޖެހޭ ތަނެެތްނެތްކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި ޝަހީބާއެކު އިތުރު ހަ މީހަކު ހައްޔަރުކުރިއެވެ. އެ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: