ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތިވެފައިވާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ މީހުންގެ އެސެސްމެންޓެއް ހަދާ، އެހީވާނެ: އެންޑީއޭ

މާލޭގައި ވަންނަނެ ތަނެއް ނެތި، ހާލުގައި ޖެހިފައިވާ މީހުން ނިދައި އުޅެނީ މާރުކޭޓު ސަރަހައްދާއި، ބީޗުގައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ވަންނާނެ ތަނެއް ނެތި، އެހީތެރިކަމަށް ބޭނުންވެފައިވާ މީހުން އުޅޭ ސަރަހައްދުތައް ފާހަގަކޮށް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ފަރުވާގެ ނިޒާމު ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެ ކަމަށް ޖެންޑާރ މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މާލޭގެ މަގުތައް މަތީ އަޅާލާނެ މީހެއް ނެތި މަގުމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މާލޭގައި އެކި އެކި ސަރަހައްދުތަކުގައި އުޅެމުންދާ މީހުން ގުޅީފަޅު، އަދި ފަރުކޮޅުފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

“ސަންގުޓީވީ” އިން ގެނެސްދޭ “ފުރަމެންދުރު” ޕްރޮގްރާމުގެ ތެރޭގައި ވާހަކަ ދައްކަވަމުން ޖެންޑާރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް އަކްރަމް ހުސެއިން ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މާލެ ފުރަބަންދު ކުރުމުން އިޖްތިމާއީ ތާފާތު އެކި މައްސަލަތައް ކުރިމަތިވި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ފުރަބަންދަށް ލުއިތަކެއް ދީ، ވަކި އުސޫލުތަކެއްގެ ދަށުން ރައްތަކަށް ދެވޭނެ ގޮތް ކަނޑައެޅުމުން ބައެއް މައްސަކަތްތައް ލިމިޓު ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ޖުމްލަގޮތެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް އެ އެހީދެމުން ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި، ވަންނާނެ ތަނެއް ނެތި ދަތި ހާލުގައި މީހުން އުޅެމުން ދާކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި އެކު، އެކަމަށް ހައްލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މަޝްވަރާ ފެށުނު ކަމަށް އަކްރަމް ވިދާޅުވިއެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ކަމާއި ބެހޭ އިދާރާތަކާއި އެކީ މަޝްވަރާކޮށް، ނިންމީ މާލެ ސަރަހައްދުގެ ދެ ތަނެއްގައި ވަގުތީ ހިޔާ ގާއިމް ކުރުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

“މި ދެންނެވިހެން ޝެލްޓާއިން، އަޅުގަނޑުމެންނަށް މާރުކޭޓު ސަރައްދުން ވިޔަސް ނޫނީ މާލޭގެ އެހެނިހެން ސަރަހައްދުތަކުން ވިޔަސް ނިދަމުން ގެންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ކާބޯތަކެއްޗާއި، ޓެމްޕަރަރީ ޝެލްޓާ އަދި އަންނައުނާއި މިފަދަ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކާ އަޅުގަނޑުމެން ފެށި ޕްރޮގްރާމެއް. ދެން އެއާއި އެކު މި ޕްރޮގްރާމާއި އެކު އަޅުގަނޑުމެން އެބަ ބޭނުންވޭ މި ފަރާތްތަކަށް ހުސްއެކަނި ބޯހިޔާވަހިކޮށްދިނުމެއް ނޫން އަޅުގަނޑުމެންގެ އަމާޒަކީ” އަކްރަމް

މާލޭގައި ވަންނާނެ ތަނެއް ނެތި ތިބި މީހުންނަށް އެހެން ގޮތްތަކުން ވެސް ބޭނުންވާ އެހީތެރިކަން ފާހަގަ ކުރައްވާ އަކްރަމް ވިދާޅުވީ އެއީ މުޖްތަމައުއަށް އަނބުރާ، ބޭނުންތެރި ބައެއްގެ ގޮތުގައި ނިކުންނަ ބައެއްގެ ގޮތުގައި ހެދުން ވަރަށް މުހިންމު ކަމަށެވެ. އަދި ހާއްސަކޮށް އެ މީހުން އާއިލާއަށް އަލުން ރުޖޫއަ ކުރުމަށްޓަކާ ތައްޔާރު ކުރުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ބޯހިޔާވަހިކަމާއި، އަދި ފަރުވާ ދިނުމަކުން ޕްރޮފްރާމް ނިންމާނުލާނެކަން އަކްރަމް ފާހަގަ ކުރެއްވިއެވެ. އެއާއި އެކީ ތަމްރީނުތަކާއި، ފަރުވާގެ ނިޒާމު ވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހީ ބޭނުންވާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ތިބިއިރު އެ މީހުންނަށް އެހީތެރިކަމާއި އަދި ފަރުވާގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެހީ ބޭނުންވާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނާއި، އަދި ފަރުވާއަށް ދާން ބޭނުން ނަމަވެސް އެ ފުރުސަތު ނުލިބޭ މީހުންގެ އަދަދު ގިނަކަން ފާހަގަ ކުރުމުން އެ ސުވާލަށް ޖަވާބު ދެއްވަމުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭގެ) އާފްޓަރ ކެއާ ސާވިސް ކޯޑިނޭޓަރ އަހުމަދު ސޮބްރީ ވިދާޅުވީ، މަގުމަތީން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މާރުކޭޓު ސަރަހައްދުން މިގޮތަށް ފާހަގަކުރެވޭ ތަންތަން އައިޑެންޓިފައި ކުރެވިފައިވާ ކަމަށާއި، އެ މީހުންނާއި ވަކިން ބައްދަލުކޮށް ފަރުކޮޅު އަދި ގުޅީފަޅުގައި ފަރުވާދޭނެ ކަމަށް ވާހަކަ ދައްކާ ކަމަށެވެ. އެހެންކަމުން އެއްވެސް މަޖުބޫރުކަމެއް ނެތި އެތަނަށް އަންނަން ބޭނުން މީހުންނަށް އެ ފުރުސަތު އޮތްކަން އެ މީހުންނަށް ކިޔައިދޭ ކަމަށެވެ.

ސޮބްރީ ވިދާޅުވީ ފަރުވާއަށް ދާން ބޭނުންވެގެން އެކަމަށް ހުށަހަޅާ މީހެއްގެ އެސެސްމެންޓެއް ހެދޭ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ބޭނުންވާ ހިސާބުތައް ވެސް ދެނެގަނެވޭ ކަމަށެވެ. މި ސްކީރިނިންގެ ދަށުން އެ މީހަކީ އެއީ ހުކުމެއްގެ ދަށުން ފަރުވާއަށް ދާ މީހެއްތޯ ނުވަތަ ފަރުވާ ބޭނުންވާ ހިސާބު ބަލާ ޑިޓޮކްސިފިކޭޝަންގެ 5-7 ދުވަސް ނިންމާ ދެން ކްލިނިކަލް އެސެސެމެންޓެއް ކުރިޔަށް ގެންދާ ކަމަށް ސޮބްރީ ވިދާޅުވިއެވެ.

“އެ އެސެސެމްންޓު ހަދާފަ، ކޮބާތޯ އެ އިންޑިވިޖުއަލްގެ ސިވިއާރިޓީއަށް ބަލާފަ އޭނައަށް ބޭނުންވާ ފަރުވާ، އެ މީހަކަށް ބައްޓަންކޮށްގެން ކުރިޔަށް ގެންދަނީ.” ސޮބްރީ

ސޮބްރީ ވަނީ އާއްމުގޮތެއްގައި ފަރުވާދޭއިރު، އެ މީހުންނަކީ އެއީ މުޖްތަމައުއަށް ބޭޏުންތެރި ބައެއްގެ ގޮތުގައި ހެދުން މުހިންމު ކަމަށެވެ. އޭގެ ތެރޭގައި ހުނަރުތައް އާލާކޮށް ކުރިއެރުވުމާއި، ތަފާތު އެކި އިދާރާތްތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ފާހަގަ ކުރިއެވެ.

އެންޑީއޭގެ ފަރުވާގެ ނިޒާމާއި، އަދި ބޭހުގެ ސްޓޮކް ނެތްކަމަށް ދެކެވޭ ވާހަކައަށް ސުވާލު ކުރުމުން ސޮބްރީ ވިދާޅުވީ ކޮވިޑާއި އެކު ރާއްޖެއަށް ދިމާވީ ދަތިތަކުގެ ތެރެއިން ފަރުވާއަށް ބޭނުންވާ ބޭސް ގެނައުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އައި ކަމަށެވެ. އެހެން ނަމަވެސް ބޭސް ހުސްވުމާއި، ބޭސް ނުލިބި ލަސްވުންފަދަ ކަމެއް ދިމާ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލިން ދިނުމާއި ގުޅޭގޮތުން ސޮބްރީ ވިދާޅުވީ ފަރުވާ ދިނުމުގެ ތެރޭގައި އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓުން ހިމެނޭ ކަމަށެވެ. އަދި މެތަޑޯން ހިމެނޭ ކަމަށެވެ. އެ ހުރިހާ ފަރުވާއެއްގެ ތެރޭގައި ވެސް ސައިކޯސޯޝަލް ސަޕޯޓު ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސޮބްރީ ވިދާޅުވީ އެންމެ ފުރަތަމަ ހަދާ އެސެސްމެންޓުން އެ މީހަކަށް ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަން ދެނެގަނެވޭ ކަމަށެވެ. އަދި އޭގެ އިތުރުން ފަރުވާ ބޭނުންވާ ގޮތާއި، އެ މީހެއްގެ ހުނަރާއި، ތައުލީމީ ބެކްގްރައުންޑާއި، އަދި ވަޒީފާގެ ގޮތުގައި ދާން ބޭނުންވާ ދައިރާ ދެނެގަނެވޭ ކަމަށެވެ.

ޖެންޑާރ މިނިސްޓްރީއިން ވަނީ މަލޭގައި ދާނެ ތަނެއް ނެތި އެހީ ބޭނުންވާ މީހުން އައިޑެންޓިފައިކޮށް އެ މީހުންނަށް ބޭނުންވާ އެހީދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން ފާހަގަކޮށްފައެވެ. އަދި އެ މީހުންނަށް ބޭނުންވާ ލައިފްސްކިލް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޖެންޑާރ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅުމުން އެ އިންތިޒާމުތައް ހަމަޖެހިގެން ދާނެކަމަށް ޖެންޑާރ އަދި އެންޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: