ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ކޯހުގެ ނިންމުން ފާހަގަކުރަން ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުން ތިލަދުންމަތީގައި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަވާ އަރުވަނީ - ފޮޓޯ: ދަ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމަކާއި، ހަވާ އެރުވުމުގެ ހަރަކާތެއް އުތުރުގެ ތިން ރަށެއްގައި ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ރާއްޖޭގެ އުތުރުގެ ތިން ރަށްކަމަށްވާ ހދ. ކުޅުދުއްފުއްޓާއި ހއ.ދިއްދޫ އަދި ހއ.އިހަވަންދޫގައެވެ.

އެގޮތުން މިމަހުގެ 17 ވަނަ ދުވަހު، ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. އަދި 18 ވަނަ ދުވަހު ދިއްދޫގައި ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖެހިފައިވާއިރު، އިހަވަންދޫގައި ޝަރަފުގެ ހިނގާލުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

މި ރަށްރަށުގައި ބޭއްވޭ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ އެ ރަށްތަކުގެ ބޮޑެތި މަގުތަކުގައި އެދުވަސްތަކުގެ ހަވީރު 4:00 އިން 5:00 އާ ދެމެދުއެވެ.

މި ރަށްރަށުގައި ޝަރަފުގެ ހިނގާލުން އޮންނަ ދުވަސްތަކުގެ ރޭގަނޑު، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު، ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: