ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމަށް ޚާއްސަ ގައިޑްލައިނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ޚާއްސަ ގައިޑްލައިނެއް ތައްޔާރުކުރަމުން އަންނަކަމަށް ޓުއަރިޒްމް މިނިސްޓްރީއިން ބުނެފިއެވެ.

ދައުލަތުގެ މީޑީޔާއަށް މައުލޫމާތުދެމުން ޓުއަރިޒްމް މިނިސްޓްރީއިން ބުނީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ގައިޑްލައިން، އެޗްޕީއޭ އާއި ގުޅިގެން މިހާރު ތައްޔާރުކުރަމުން އަންނަކަމަށެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ގައިޑްލައިންއެއް ތައްޔާރުކުރަމުން އަންނައިރު، މިހާރުވެސް އަތޮޅުތަކުގެ ގެސްޓްހައުސްތައް އޮޕަރޭޓްކުރަމުން އަންނަނީ ޚާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ވަކި ވަކި ހާލަތްތަކަށް ރިއާޔަތްކޮށް އުސޫލުގައި ކަންކަން ބަޔާންކުރާނެކަމަށާއި ވަރަށް އަވަހަށް އެޗްޕީއޭއިން މިއުސޫލު އާއްމު ކުރާނެކަމަށް ޓުއަރިޒްމް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ގައިޑްލައިން ފުރަތަމަ އެކުލަވާލާއިރު، ބައެއް ކަންކަމަށް ހުއްދަ ނުދެވިދާނެކަމަށާއި އެހެން ނަމަވެސް، ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަށް ބަލައި ބައެއް ކަންކަމަށް ލުއިދެމުން ދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ސަލާމަތީ ކަންކަމަށް ޚާއްސަ އިސްކަމެއް ގައިޑްލައިންގައި ދޭނެކަމަށާއި އެންމެ އިސްކަމެއް ދޭނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.

އެގޮތުން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު، ސައިޓްސީން ފަދަ ހަރަކާތްތަކަށް ހުއްދަ ނުދެވިދާނެކަމަށް ޓުއަރިޒްމް މިނިސްޓްރީއިން މައުލުމާތުދެއެވެ. އެހެން ނަމަވެސް، ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ މިންވަރަށް ބެލުމަށްފަހު މިކަންކަމަށް ބަދަލު ގެންނަމުންދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

އަތޮޅުތަކުގެ ގެސްޓްހައުސްތައް އޮަޕަރޭޓްކުރުމަށް ހުއްދަ ދޫކުރަނީވެސް ވަކި ކަންތައްތަކެއް ފުރިހަމަވާނަމައެވެ. އެގޮތުން ރަށުގައި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކޮށްފައި ހުރިތޯ ބަލާއިރު އިތުރުން ސިއްހީ ގޮތުގައި ފުރިހަމަކުރަންޖެހޭ ކަންތައްތަކެއްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މިކަންކަން ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް އެންގުމުން އަދި ގެސްޓްހައުސްތަކުން ވަކި ވަކިން ހުށައަޅައި އެސްއޯޕީތަކަށް ބެލުމަށްފަހު އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް އަންނަނީ ހުއްދަދެމުންނެވެ. އެގޮތުން، ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ފަށާފައިވާއިރު، މިހާތަނަަށް 125 އަށް ވުރެ ގިނަ ގެސްޓްހައުސް އަންނަނީ އޮޕަރޭޓް ކުރަމުންނެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: