ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މަރުގެ މައްސަލަ: ހުލާސާ ބަޔާން އިއްވާ އަޑުއެހުން މާދަމާ!

އިބްތިހާލްގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލައިގައި ދެ ފަރާތަށް ވެސް ފުރުސަތު ދީ ހުލާސާ ބަޔާން އިއްވާ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާގެ 14:00 އަށެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރުވެއްޖެއެވެ.

އިންތިހާލް މަރާލި މައްސަލައިގެ އަޑުއެހުމެއް ނޮވެމަބަރު 29 ގައި ބޭއްވިއެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު މައްސަލައިގެ ހުލާސާ ބަޔާނަށްފަހު ހުކުމް އިއްވުމަށް ތާވަލު ކުރި އަޑުއެހުމެވެ. އެހެން ނަމަވެސް އެ އަޑުއެހުމުގައި ވަކީލެއްގެ އެހީ ބޭނުންވާ ކަމަށް އާފިޔާ ބުނުމުން އިތުރު ފުރުސަތެއް އޭނާ ދިނީއެވެ. ދައުލަތުގެ ފަރާތުން މީގެ ކުރިން ވެސް ހަމަޖައްސާފައި ހުރި އެ ވަކީލުގެ އެހީ ބޭނުން ނުވާ ކަމަށް އާފިޔާ ވަނީ ބުނެފައެވެ. އެހެން ވެ އެ ޝަރީއަތްތައް ކުރިޔަށް ގެންދިޔައީ ވަކީލަކާއި ނުލައެވެ.

އާފިޔާގެ ވަކީލެއް ހަމަޖެހިގެން ދިޔައީ ދައުލަތުގެ ފަރާތުންނެވެ. އެއީ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ ވަކީލެކެވެ.

ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވެސް ވަކީލަކާއި އެކު މައްސަލަ ކުރިޔަށް ގެންދިއުމުގެ ހައްގު ލިބިގެންވާތީ ދައުލަތުގެ ފަރާތުން ވެސް އެކަމަށް އިއުތިރާޒުކޮށްފައި ނުވެއެވެ.

ފެބްރުއަރީ މަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވިއިރު ދައުލަތުން ވަނީ ވަރަށް ތަފްސީލުކޮށް އާފިޔާ އިބްތިހާލާއި މެދު ކަންތައް ކުރި ގޮތް، އަދި އިބްތިހާލް މަރުވި ދުވަހު ކުރި އަނިޔާތަކުގެ ތަފްސީލް ވެސް ހުށަހަޅާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: