ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތް ހުޅުވުން ލަސްކުރަނީ ދީނަށް ފުރައްސާރަ ކުރާ މީހުން ހިތްހަމަ ޖައްސަން: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްކުރަނީ އިސްލާމްދީނަށް ފުރައްސާކުރާ މީހުން ހިތްހަމަ ޖެއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ  އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވަން ރޭވީ މިއަހަރުގެ މާރޗު މަހުގަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ތާރީހު ފަސްކޮށްފަ އެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް މިސްކިތް ކައިރީގައި އަލަށް ހެދި ޕާކްތަކާއި، މައިޒާންތަކާއި، ކުޅިވަރު ވަސީލަތްތައް ހުޅުވައިގެން ބޭނުން ކުރަމުންދާއިރު މިސްކިތް ނުހުޅުވާ މައްސަލަ ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުން ލަސްކުރަނީ އިސްލާމްދީނަށް ފުރައްސާކުރާ މީހުން ހިތްހަމަ ޖެއްސުމަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަލްމާން މިސްކިތުގެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ކޮވިޑް19ގެ ހާލަތު ކުރިމަތިވީ މިސްކިތް ހުޅުވުމާ ގުޅޭގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ.

ސަލްމާން މިސްކިތް ހުޅުވާނެ ވަކި ތާރީހެއް އަދިވެސް ކަނޑައެޅިފައިނުވާއިރު، އައު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: