ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު ވާނީ މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިހާބަށް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެގެން ވާނީ މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިހާބަށް ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅެއްޖެ އެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް އެ ރައްޔިތުންގެ ވޯޓުދިނުމުގެ ހައްޤަށް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިވާނެ އިންތިހާބު ކަމަށެވެ.

“މުޅި ދުނިޔެ މަލާމާތް ކުރާނެ އިންތިހާބު.” ޝުޖާއުގެ ވިދާޅުވެފައިވެ އެވެ.

ޝުޖާއު މިހެން ވިދާޅުވިއިރު، އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުދެއްވާކަމަށާއި، އިދިކޮޅުގެ ބައެއް ހައްގުތަކަށް އިލެކްޝަންސް ކޮމިޝަނުން އަރައިގަނަމުންދާކަމަށް އެ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިހިނގާ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ކޮވިޑް-19އާ ގުޅިގެން އިންތިހާބު އަންނަ އަހަރަށް ވަނީ ފަސްކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: