ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހަރަދުގެ ގޮތުގައި ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް 1.3 ބިލިއަން!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން މިހާތަނަށް ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް 1،342.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާއި ގުޅިގެން ސިއްހީ އަދި އިޖްތިމާއީ ކަންކަމަށްް 1،342.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޮންމެ ހަފްތާއަކު އެކި މުއައްސަސާތަކުން ކުރާ ޚަރަދުތަކަށް ބަލާއިރު ހަފްތާއެއްގެ ތެރޭ އެންމެ ގިނަ ޚަރަދުކޮށްފައިވަނީ ހެލްތު މިނިސްޓްރީއިންނެވެ. ހެލްތު މިނިސްޓްރީއިން އެއް ހަފްތާ ތެރޭ 5.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މައިގަނޑު ގޮތެއްގައި ހެލްތު މިނިސްޓްރީއިން ހޭދަކޮށްފައިވަނީ އޮޕަރޭޝަނަލް ޚިދުމަތްތަކަށާއި މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ އެލަވަންސްތަކަށެވެ.

ޖުމްލަ ގޮތެއްގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޮރިޓީއިންނެވެ. އެންޑީއެމްއޭއިން ޖުމްލަ 871.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ދެވަނައަށް އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ހެލްތު މިނިސްޓްރީއިންނެވެ. އެމިނިސްޓްރީއިން ކޮވިޑްގެ ހޭދައިގެ ގޮތުގައި މިހާތަނަށް 228.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޚަރަދުކޮށްފައިވާ ކަންކަމަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކޮވިޑާއި ގުޅިގެން އެކި ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މިކަމަށް ޖުމްލަ 538.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ކެޕިޓަލް އިކުއިޕްމަންޓަށް 198.6 މިލިއަން ރުފިޔާ، އޮޕަރޭޝަނަލް ސާވިސްއަށް 164.2 މިލިއަން ރުފިޔާ، ގްރާންޓް، ކޮންޓްރިބިޔުޝަން އަދި ސަބްސިޑީގެ ގޮތުގައި 120.1 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ސަޕްލައިސް އެންޑް ރެކުއިޒިޓްގެ ގޮތުގައި 91.6 މިލިއަން ރުފިޔާ، މުވައްޒަފުންނަށް ދޭ އެލަވަންސްގެ ގޮތުގައި 83.7 މިލިއަން ރުފިޔާ، އިމާރާތްތަކާއި ބިމުގެ ޚަރަދުގެ ގޮތުގައި 68.1 މިލިއަން ރުފިޔާ، ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި 55.2 މިލިއަން ރުފިޔާ އަދި މަރާމާތުކުރުމުގެ ޚަރަދުގެ ގޮތުގައި 22 މިލިއަން ރުފިޔާ އެކި މުއައްސަސާތަކުންނާއި އިދާރާތަކުން ވަނީ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: