ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތުގައި ރިއްސާނަމަ ކާންވީ “ބިލިމަގު”

ޝެއާރކޮށްލާ ކަހަލަދޯ؟

ބިލިމަގަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އާންމުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބިލިމަގު ހައްދާ އުޅެއެވެ.

ބިލިމަގަކީ އޭގެ މީރު ކަމާއި އެއްވަރަށް، ސިއްހީ ފައިސާތަކުން ފުރިފައިވާ މޭވާއެކެވެ. އެގޮތުން ދަތުގައި ރިއްސާނަަމަ ރިއްސުން ކުޑަ ކުރުމައް ބިލިމަގުން ފަރުވާ ހޯދިދާނެއެވެ.

ގިނަފަހަރަށް، ދަތެއްއި ރިއްސާނަމަ މުޅިދުވަސް ބޭކާރު ގޮތުގައި ހޭދަވެގެން ދެޔޭ ބުނުން ދޮގަކަށް ނުވާނެއެވެ. ދަތުގައި ރިއްސާނަމަ، އެ ރިއްސާ ދަތުގައި ބިލަމަގު ކޮޅެއް ޗަސްކޮށްފައި އަޅާލާށެވެ. މިކަން ތަޖުރިބާ ކޮށްފައި ތިބި ގިނަ ބަޔަކު ބުނާ ގޮތުން މިކަމަކީ ރިހުން ކެނޑުވުމަށްޓަކައި ކައިއުޅޭ ބޭހަށްވުރެ ފައިދާ ބޮޑު ކަމެއް ކަމަށެވެ.

މީގެ އިތުރުން ބިލިމަގުން ލިބޭ އެހެން ސިއްހީ ފައިދާތަކަށްވެސް މި ލިޔުމުގައި ބަލާލާނަމެވެ.

ކެއްސުން ރަނގަޅުކުރުމަށް

ކެއްސުމަކީ ގިނަފަހަރަށް އިންސާނާއަށް އޭގެ ސަބަބުން އެތަކެއް އުނދަގު ތަކަކާއި ވޭނެއް ތަހައްމަލް ކުރަންޖެހޭ ކަމެކެވެ. މާގަދައަށް ކެއްސާ އުނދަގޫވާނަމަ ދަވިއްގަނދު ކޮޅެއްގެ ތެރެއަށް ކޮށާފައިހުރި ބިލިމަގު ކޮޅަކާއި ރަހަލާވަރަށް ހަކުރު ކޮޅެއް އަޅާލުމަށްފަހު ކައްކާލާށެވެ. އެއަށްފަހު ހެނދުނު ހުސްބަނޑާހުރެ އެއްބައި ބޯލާށެވެ. އަނެއްބައި ހަވީރު ބޯލާށެވެ. މިއީ ކެއްސުމަށް އޮތް ރަނގަޅު ފަރުވާ އެކެވެ.

އޮށާޅައިގެ ފަރުވާ

މޫނުގައި އޮށާޅަނަގާތީ ކުރާޝަކުވާ ގިނައެވެ. ޚާއްސަކޮށް ޖިންސުއްލަތީފުންގެ މެދުގައެވެ. މިކަމަށް ފަރުވާ ބޭނުން ނަމަ ޗަސްކޮށްފައި ހުރި ބިލިމަގު ކޮޅެއް، އޮށާޅަ މަތީ އުނގުޅާށެވެ. އެއަށްފަހު، އިރުކޮޅެއް ފަހުން ރަނގަޅަށް ދޮވެލާށެވެ. ފަހަރުގައި ދިލަ ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ބިލަމަގަކީ އެއިގެ ޒާތުގައި އެސިޑިކް އެއްޗަކަށް ވުމެވެ.

ކެންސަރު ބައްޔަށް ފަރުވާއެއް!

ބިލިމަގުގައި ހިމެނޭ ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓެކެވެ. ވިޓަމިން ސީގެ އިތުރުންވެސް އިތުރު އެންޓި އޮކްސިޑެންޓްތައް ވެސް ބިލިމަގުގައި އެކުލެވިގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްފައި ބެހެއްޓުމަކީ މުސްކުޅިވުން ލަސްވެ، އެކިބާވަތުގެ ކެންސަރުތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ހުސްބަނޑާހުރެ ކޮންމެ ދުވަހަކުވެސް ބިލިމަގެއް ކެއުމަކީވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެއްކަމަށް ވެއެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 16%ހައިރާންވެއްޖެ 2%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: