ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނާއި މެދު ހިންގަނީ އަނިޔާވެރި އަމަލުތަކެއް: ވަކީލުން

ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ކުރިން ޕާޓީ އޮފީސް ދޮރުމަތީ ބޭއްވު ި އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް އަކީ ބޭނުންވާހާ ގޮތަކަށް ދައުވާތައް ފަރުމާ ކުރާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑަރ ކުރެއްވި ކަމުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިތާ މިދިޔަ ނޮވެމްބަރު މަހު ވަނީ އެއް އަހަރުވެފައެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ އެއް މިލިއަން ޑޮލަރުގެ ފަސް ގުނަކަމަށް ވާ ފަސް މިލިއަން ޑޮލަރު ވެސް ދައްކަން ހުކުމްކޮށްފައެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމާއި އެކު، އެއީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ޓީމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިމި ހުލާސާ ބަޔާން ވަނީ އިއްވާފައެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް، މައްސަލައިގެ ހުކުމްކޮށް ދިގުލައިގެން ދާތީ އެކަމާ އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ޕީޕީއެމް، ޕީއެންސީ އަދި ގާނޫނީ ޓީމުން ވެސް ދަނީ ނުރުހުންފާޅު ކުރަމުންނެވެ.

ގާނޫނީ ޓީމުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މިއަދު ވަނީ، މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހިމެނޭކަން ފާހަގަކުރައްވާފައެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވިދާޅުވީ، އިސްތިއުނާފު އަޑުއެހުންތައް ނިންމާލިތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ގާނޫނުގައި ހުކުމް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ވެސް ފަހަނަޅާފައިވާ ކަމަށެވެ.

ވަކީލް އާސިފް ވިދާޅުވީ ގާނޫނު ލާޒިމް ކުރަނީ 70 ދުވަހުގެ ތެރޭގައި އިބްތިދާއީ މަރުހަލާ ނިންމާލުމަށް ކަމަށެވެ. އަދި މައްސަލައިގެ ޝަރީއަތްތައް ނިންމާ ހުކުމް ކުރުމުގެ މަޖިލީސް 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބޭއްވުމަށް ގާނޫނުގެ 151 މާއްދާއިގައި ބުނާ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތަކަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ވެސް އާސިފް ކުރެއްވިއެވެ. އަދި އެއީ ކާކުގެ ނުފޫޒެއްތޯ އާއި، އެ މަސައްކަތް އެ ކުރަނީ ކޮން ސަބަބަކާއި ހުރެތޯ އޭނާ ސުވާލު އުފެއްދިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތަކެއްކޮށް، ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފަށާފައިވާއިރު އެކަމަށް ގާނޫނީ ޓީމުގައި އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް އަހުމަދު ފާޑު ވިދާޅުވިއެވެ. އަދި ވަނީ، ރައީސް ޔާމީނާއި މެދު އަމަލު ކުރަނީ ތަފާތު ގޮތްތަކަށް ކަމަށާއި، ރައީސް ޔާމީނާއި ހަމައިން އުސޫލުތައް ވެސް ބަދަލު ކުރާ ކަމަށް ވިދާޅުވެފައެވެ.

މިއީ އަދުލު އިންސާފައި، ގާނޫނީ އަދި އިންސާފުން ބޭރުވެގެން ހިންގާ އަނިޔާވެރި އަމަލުތަކެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްއަކީ ބޭނުންހާ ގޮތަކަށް ދައުވާތައް ފަރުމާ ކުރައްވާ ބޭފުޅަކަށް ވެގެން ނުވާނެކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ އިސްތިއުނާފު މަރުހަލާ ނިމި އެތައް ދުވަހެއް ފާއިތުވެގެން ދަނީ ހުކުމްގެ އިންތިޒާރުގައި ތިބެ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި މެދު ޕީޖީ ކަންބޮޑުވެ، އެކަމަށް ހައްލެއް ގެނައުމަށް ކުރި މަސައްކަތެއް ނެތް ކަމަށް ޖަމީލްގެ ވާހަކައިގައި ވިދާޅުވިއެވެ.

ޖަމީލް ވަނީ ރައީސް ޔާމީންގެ މައްސަލަ ކްރިމިންލް ކޯޓުގައި ވެސް ކުރިޔަށް ގެންދަން މަސައްކަތް ކުރަނީ އަވަސް އަރުވާލައިގެން ކަމަށް ވިދާޅުވެފައެވެ. ހިޔާނާތުގެ މައްސަލައިގައި އެތައް ބަޔަކަށް ތުހުމަތު ކުރެވޭއިރު، އެކަމުގެ ދައުވާތައް ރައީސް ޔާމީންގެ މައްޗަށް ކުރިޔަށް ގެންދަން ވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މައްސަލައިގެ ތުހުމަތުގައި ހުކުމް އިއްވާފައިވާ މީހުންނަށް ވަކި ގޮތަކަށް އަމަލު ކޮށްގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: