ތިން ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފިއެވެ.
ދޫކޮށްފައިވަނީ ޖުމްލަ 11 މިލިއަން ރުފިޔާ އެވެ.
އީސީން ބުނީ އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ، ޕީޕީއެމްއަށް 3.9 މިލިއަން ރުފިޔާ އަދި ޖުމްހޫރީ ޕާޓީއަށް 1.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.
އެގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.