ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ ކޮވިޑްގެ ނަމުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން: ސަލީމް

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދަނީ ކޮވިޑްގެ ނަމުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާލުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ގެންދަނީ ކޮވިޑްގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ކަމަށެވެ.

އަދި އޭގެ އިތުރުން ސަރުކާރުން ދަނީ އިމްތިޔާޒުގެ އުސޫލުތައް އަށަގެންނެވުމާ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރަމުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ މިކަންކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.

ސަލީމް މިހެން ވިދާޅުވެފައިވާއިރު، އެޗްޕީއޭއިން އިއްޔެ ވަނީ ކަރަންޓީންގެ ބައެއް އުސޫލުތައް ބަދަލުކޮށްފައެވެ. އެގޮތުން އެޗްޕީއޭއިން އިއްޔެ ނެރުނު އިއުލާނުގައި ބުނީ ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށްދާ ފަރާތްތަކުން ދަތުރަށް ފަށާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތްނަމަ ރިސޯޓަށް ދެވޭނެ އެވެ.

މީގެ އިތުރުން އެޗްޕީއޭއިން މިއަދު ގިނައި އަނެއް ބަދަލަކީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އިން ބޭރުން މާލެ ސަރަހައްދަށް އަންނަ ދިވެހިންނަށް ކަރަންޓީނު ވާން ނުޖެހޭނެ ގޮތައް ގެނައި ބަދަލެވެ.

މި ދެ އުސޫލަކީ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ރިސޯޓްތަކައް ގޮސް ޗުއްޓީ ހޭދަކޮށްލުމަށާއި, ރާއްޖެއިން ބޭރުގައި ތިބި އެފަރާތްތަކުގެ އަބިދަރިން ރާއްޖެއަށް ޗުއްޓީ އަށް ގެނައުމުގެ މަގު ފަހި ކުރުމުގެ ގޮތުން ގެނެސްފައިވާ ދެބަދަލުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: