ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސިންޖަރުންގެ ކްލިއަރަންސްއަށް މިހާރު ނަގާނީ 35 ސިކުންތު!

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސިންޖަރުންގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކޮންމެ ފަތުރުވެރިއެއްގެ ޕަސިންޖަރ ކްލިއަރަންސްއަށް ނަގާނީ އެންމެ 35 ސިކުންތުކަމަށް އިމިގްރޭޝަންސް ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގެނެވުނު އާ ބަދަލުތަކާއެކު މިހާރު ކޮންމެ ފަތުރުވެރިއަކަށްވެސް ގިނަވެގެން ކްލިއަރަންސްއަށް ނަގާނީ 35 ސިކުންތު ކަމަށެވެ. އަދި14 ކައުންޓަރުން އެކީ ޚިދުމަތް ދެވޭ ކަމުގައިވާނަމަ،350 ފަސިންޖަރުންގެ ފްލައިޓެއްގެ ކްލިއަރަންސް 15 މިނެޓު ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކޮންޓްރޯލަރ ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޒަމާނީ ވަސީލަތްތަކާއި ސޮފްޓްވެއަރގެ އެހީގައި ފަސިންޖަރުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތް ދިނުމަށް ކަމަށެވެ. އަދި މިގެނެވުނު ބަދަލުތަކާއެކު ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ޕީކް ދުވަސްތަކަށްވާއިރު، ފަތުރުވެރިންނަސް އެއާޕޯޓުން ނުނިކުމެވި ގިނައިރު ތިބެން ޖެހުމުގެ ޝަކުވާ ފަތުރުވެރިންނާއި ރިޒޯޓު މުވައްޒަފުން ދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް މިބަދަލުތަކާއެކު މިޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ކޮވިޑް-19އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ބޯޑަރު އަލުން ހުޅުވާލިފަހުން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މިފަހުން، އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުނިކުމެވި ގިނައިރު ތިބެން ޖެހުމުގެ ޝަކުވާ ވަނީ ކޮށްފައެވެ.

އެހެންނަމަވެސް، އިމިގްރޭޝަނުން މިގެންނަމުންދާ ބަދަލުތަކާއެކު ކޮވިޑް-19ގެ ކުރިން ޚިދުމަތް ދިން ސްޕީޑުގައި މިހާރު ޚިދުމަތް ދެވޭނެކަމަށް ކޮންޓްރޯލަރ ވިދާޅުވެއެވެ. އަދި މިހާރު ހުރިހާ ކައުންޓަރަކުން ޚިދުމަތް ދެވޭނެ ކަމަށާއި ފަތުރުވެރިންނަށް ވީހާވެސް އަވަސް ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިިބްރާހިމް މުހައްމަދު ސޯލިހުގެވެސް ވަރަށް ބޮޑު އިލްތިމާސެއްކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ފަސިންޖަރުން ކްލިއަރކުރުމުގައި ދިމާވާ ދަތިތަކާއި އެކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބެލުމަށް ކޮންޓްރޯލަރގެ އިތުރުން އިމިގްރޭޝަންގެ އިސްވެރިން ވަނީ މިހަފްތާގައިވެސް އެއާޕޯޓަށް ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: