ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ ހިންގުމުގައި އާޒިމް: ކަމެއް ކުރެވޭނީ، ކާމިޔާބަށް އެދިގެން މަސައްކަތް ކުރާ ބަޔަކަށް!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

“ކަމެއް ކުރެވޭނީ، ކާމިޔާބަށް އެދިގެން މަސައްކަތް ކުރާ ބަޔަކަށް. ކަމެއް ކުރަން ބޭނުން ބައެއް ނަމަ އެކަން ކުރެވޭނެ މަގު ހޯދާނެ، ނުކުރާން އުޅޭ ބައެއް ނަމަ އެ މަސައްކަތެއް ނުކުރެވޭނެ 100 ގޮތް ދައްކާނެ” މިއީ އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން “ސަންގު ޓީވީ” އާއީ ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ އާދަމް އާޒިމްގެ ވާހަކަ ފެއްޓެވި ގޮތެވެ.

ކުންފުނީގެ ތާރީހުގައި ލިބިފައިވާނުވާ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް 2020 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީއިން ހޯދާފައިވަނީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިންނެވެ. އެހެން މީހުން މަޝްރޫއުތަކާއި، މަސައްކަތްތައް ކުރިޔަށް ނުގެންދެވެން އޮތް ބަހަނާއެއްގެ ގޮތުގައި، ކޮވިޑް-19 ނެގިއިރު އާޒިމް ހުންނެވީ ހުސްއަތާ ހުރިހާ މުވައްޒަފުން ގެއަށް ފޮނުވާލާ އެ އުޒުރުގައި ހިފާގޮތަކަށް ނޫނެވެ.

“މި ބަލި ނުރައްކާ ހާލަތަކަށް ދާން ފެށުމުން، އަޅުގަނޑު ހުރިހާ މުވައްޒަފުންނާއި ބައްދަލު ކުރިން. ދެންނެވިން މިހެން ނުތިބެވޭނެ ކަމަށް، އެހެން ނޫނީ މުސާރަ ވެސް ނުދެވޭ ހާލަތަށް ތަން ދަށް ވެދާނެއޭ. އަޅުގަނޑުމެން މަސައްކަތްކޮށްގެންނޭ މިކަން ވާން އޮތީ.” އާޒިމް ވިދާޅުވިއެވެ.

ޑިސެމްބަރު މަހުގެ 18 ގައި އެމްޓީސީގެ މަސައްކަތްތަކަށް 40 އަހަރު ފުރިނީއެވެ. ކުންފުންޏަކީ ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏަކަށްވާއިރު މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާއެއްގެ ގޮތުގައި 50 މިލިއަން ރުފިޔާ ހޯދިއެވެ. މިއީ ކުންފުނީގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އާޒިމް ހުންނެވީ މިއަހަރު ނިމިގެންދާއިރު މުޅި އަހަރުގެ ފައިދާއެއްގެ ގޮތުގައި 200 މިލިއަން ރުފިޔާ ލިބޭނެ ކަމުގެ އުންމީދާއި އެކުއެވެ.

“އަޅުގަނޑުގެ އެންމެ ބޮޑު މަސައްކަތަކީ މި ކުންފުންޏަކީ ރައްޔިތުންނަށް ރަނގަޅުގޮތުގައި ހިދުމަތްކުރާ، ހިއްސާދާރުންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ހެދުން. އެގޮތުން ކޮންމެ އަހަރެއްގައި ވެސް އެ ލިބޭ ޖުމްލަ ފައިދާ ޖެހިގެން އަންނަ އަހަރުގައި 50 މިލިއަން އިތުރުވުން. މި އަހަރު ނިމިގެންދާއިރު 200 މިލިއަން، 2021 ވަނަ އަހަރު 250 މިލިއަން، އަދި 2022 ވަނަ އަހަރު 300 މިލިއަން، އަދި ފަސް އަހަރު ނިމިގެންދާއިރު 350 ގެ ފައިދާއެއް އަހަރުގެ ތެރޭގައި ލިބުން” އާޒިމް

9 Masdhuvas: MTCC ah 140 million rufiyaa ge faidhaa eh
އެމްޓީސީސީގެ އަމާޒަކީ ކޮންމެ އަހަރެއް ނިމިގެންދާއިރު ވެސް ލިބޭ ފައިދާ އަހަރުން އަހަރަށް އިތުރުކުރުން

މި އަންދާޒާތަކާއި ހަމައަށް ވާސިލްވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އާޒިމްއަށް އެބައޮތެވެ. ސަބަބަކީ ކުންފުނީގެ މަސައްކަތްތައް ބޭނުންވާ އެ ސްޕީޑާއި، އެ ހިއްވަރުގައި ކުރިޔަށްދާތީ އެވެ. އަދި އެ އާމްދަނީ ހޯދޭނެ ވަރަށް ޕްރޮޖެކްޓްތައް ސަރުކާރުން ހަވާލުކޮށްފައިވާތީ އެވެ.

ރަށްތަކުގެ ބަނދަރު ހެދުމާއި، އަދި އެއާޕޯޓުތައް ތަރައްގީ ކުރުމުގައި އިސް ރޯލެއް އެމްޓީސީސީއިން އާދާކުރެއެވެ. އެކަމަށް ސުވާލު ކުރުމުން އާޒިމް ވިދާޅުވީ މީގެ ކުރިން ފަޅެއް ހިއްކާ އެއާޕޯޓެއް ތަރައްގީކޮށް ނިންމަން ދެ އަހަރު ނޫނީ ތިން އަހަރު ނެގި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މަސައްކަތްތައް އެއް އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އާޒިމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކުންފުންޏެއް އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ގެންދިއުމަށް އަހުލާގު ރަނގަޅު މުވައްޒަފުންގެ މުހިންމުކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އަދި ވަޒީފާއެއް އަދާކުރަމުންދާއިރު މަސައްކަތަށް ގަޑިޖެހުން އެއީ އާދައިގެ ކުޑަކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގައި ހަމައެބައުޅޭ ގަޑިޖެހިގެން އައުމަކީ އެއީ މާބޮޑުކަމެއްގެ ގޮތުގައި ނުދެކޭ މީހުން. ގަޑިތަކަށް ފަރުވާތެރިކަން ނުހުރުން. ކޮންމެ ކަމަކަށް ވެސް ގަޑިއެއް އެބައޮވޭ، ގަޑިއަށް އައުމާއި، ގަޑިއަށް ނިންމުން. އަޅުގަނޑުމެންގެ މި ހުންނަނީ ވަގުތުން ވަގުތަށް ނިންމަން ޖެހޭ މަސައްކަތްތައް، އޭގެ މާނައަކީ ގަޑިއަށް އައިސްގެންނޭ އެކަން ވާނީ” އާޒިމް

އާޒިމް ވަނީ އޭނާ މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމާއި، އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން އާދާކުރެއްވިއިރު ވެސް އަމަލު ކުރި އުސޫލަކީ އެއީކަން ފާހަގަކުރައްވާފައެވެ. ދިރިއުޅުމުގައި ރީތި އަހުލާގާއި، ގަޑިއަށް ފަރުވާތެރިވުމާއި، މަސައްކަތްތައް ހާއްސަ ސަމާލުކަމެއް ދިނުން އެއީ އެ މީހާގެ ގައިގައި ކޮންމެހެން ހަރުލާފައި ހުންނަންޖެހޭނެ ސިފައެއްގެ ގޮތުގައި އާޒިމް ތަކުރާރު ކުރެއްވިއެވެ.

MTCC in vikkaa Yanmar, Suzuki engine aai resin ge agu heyo koffi
އެމްޓީސީސީން ޔަންމާ އިންޖީނާއި ސުޒްކީ އިންޖީން އަދި ރެސިންގެ އަގުހެޔޮކުރުމާ ގުޅިގެން ފެށި ޕްރޮމޯޝަންގެ ތެރެއިން

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކާއި، އަދި މީޑިއާތަކައި ވާހަކަ ދައްކަވަމުން އާޒިމް އެންމެ ގިނައިން ފާހަގަކުރައްވާފައިވާ އެއް ކަމަކީ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތްތައް ތާރީހަށް ނިންމާ ހަވާލު ކުރުމެވެ. އޭގެ ތެރޭގައި އެއާޕޯޓުގެ މަޝްރޫއުތަކާއި، ބަނދަރުގެ މަޝްރޫއުތައް ފާހަގަކުރައްވާފައި ވެއެވެ.

އާޒިމް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިޔަށް ގެންދިއުން ކަމަށެވެ. އެއީ ކުންފުނީގައި 24،000 ހިއްސާދާރުން ތިބިއިރު އެ މީހުންނަށް ފައިދާ ލިބޭވަރުގެ މަސައްކަތްތަކަށް ވާން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުންފުންޏަށް ފައިދާވާނެ ވަރަށް ނުވަތަ ކުރިޔަށް އޮތް ދެ އަހަރަށް ވާވަރަށް ވެސް ޕްރޮޖެކްޓުތައް ވަނީ ލިބިފައެވެ. އަދި އެއީ އާ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ ކުރިން ވެސް ސަރުކާރުތަކުން އެމްޓީސީސީއާއި ތަރައްގީގެ މަޝްރޫތައް ހަވާލު ކުރާކަމަށާއި، އެހެން ނަމަވެސް އޭރު އެ މަސައްކަތްތައް އެންމެ ރަނގަޅު އެކަށީގެންވާ ސްޕީޑެއްގައި ކުރިޔަށް ގެންދެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

2020 ވަނަ އަހަރަކީ ގޮންޖެހުން ގިނަ އަހަރެކެވެ. އެހެން ނަމަވެސް އެކަން ވެސް އެމްޓީސީސީއިން ނެގީ ޗެލެންޖެއްގެ ގޮތުގައެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް، ގޭގައި މުވައްޒަފުން ލޮކްޑައުންވެ ތިބެ އޮފީސް ފަންކްޝަން ކުރެވުނު ކަމަށެވެ. އެގޮތުން އާއްމުކޮށް ވެސް އޮފީހުގެ އުސޫލާއި އެއްގޮތަށް ހެނދުނުގެ 08:00 ގައި ވަޒީފާގެ މަސައްކަތްތައް ފެށޭކަމަށް އާޒިމް ވިދާޅުވިއެވެ. ހަމައެއާއި އެކު ކުންފުނީގެ ޕްރޮޖެކްޝަންތައް ކުރިޔަށް ގެންގޮސް، ޓްރާންސްޕޯޓުގެ ހިދުމަތްތައް ވެސް ފުރިހަމައަށް ދީފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

SunOnline: Rayyithunnah nafaa kuranivi Hoarafushi Airport: Ihavandhippolhah aa maadhamaa ehge foni ummeedhu!
ހއ ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ކުރިން މަސައްކަތް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވިމަށް އެމްޓީސީސީއިން އެ އަތޮޅަށް ކުރި ދަތުރުގެ ތެރެއިން

އާޒިމް ވިދާޅުވީ މިއަދު ފެނިގެން ދަނީ ސަރުކާރު ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރިޔަށް ދާތަން ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން ކުންފުންޏާއި ހަވާލު ކުރެވޭ ހުރިހާ މަޝްރޫއެއް ވެސް ނިންމަމުންދާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ކުންފުނީގެ މަސައްކަތްތައް ސަރުކާރުން ގާތުން ބައްލަވަމުން ގެންދާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، އެމްޓީސީސީއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ލިބޭ ކަމަށެވެ. ރައީސްގެ ފަރާތުން އިރުޝާދުތަކެއް ލިބުނު ނަމަވެސް، އެއްވެސް މަސައްކަތެއް ގެންދަން ޖެހޭނެ ގޮތް ކަމަށް ބުނެ ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި، ފުރިހަމަކުރަމުން ގެންދަނީ ސަރުކާރުން ހަވާލުކުރާ މެންޑޭޓުތައް ކަމަށް ވިދާޅުވިއެވެ.

“ދެން އަޅުގަނޑުމެންނާއި ކޮވިޑާއި ދިމާވީ، ދެން އަޅުގަނޑުމެން އަމާޒު ހިފީ ކޮވިޑު އައުމާއި ގުޅިގެން މުޅި ލޮޖިސްޓިކްސް ހުއްޓިގެން ދިޔަ. އިމްޕޯޓު މުދާ ލިބިގެން ދިޔަ. ހަމަ ފޮރިން ކަރަންސީ ވެސް ލިބުން ދަތިވެގެން ދިޔަ. މިހުރީ ހުސް ޗެލަންޖެސް. މީގެއިން ކޮންމެ ކަމަކުން ވެސް އަރައިގަނެވޭނެ ގޮތްތަކެއް ހުރޭ. ގޮތްތަކެއް ހޯދަން އުޅޭ ބަޔަކަށް ގޮތްތަކެއް ފެންނާނެ” އާޒިމް

މަޝްރޫއުތައް ކުރިޔަށް ދާ ގޮތުގެ ތަފްސީލުތަކާއި، އަދި ކުންފުންޏަށް ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ މައުލޫމާތުތައް ދެއްވާ އާޒިމް ވިދާޅުވީ ކާމިޔާބީ އަކީ އެކަމަށް މަސައްކަތް ކުރުމުން ލިބޭ އެއްޗެއް ކަމަށެވެ. އެގޮތުން ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަކީ އެމްޓީސީސީގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Outreach
ކުރިޔަށް އޮތް ދެ އަހަރަށް ވާ ވަރަށް އެމްޓީސީސީއަށް ހުރީ މަޝްރޫއުތައް ލިބިފައި

ސަރުކާރުގެ ވިސްނުމަކީ މަޝްރޫއުތަކާއި، ޕްރޮޖެކްޓުތަކުގައި އެއްވެސް މަޑުޖެހުމެއް ނެތި ކުރިޔަށް ދިޔުންކަމށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ ފައިނޭންސިން ރަނގަޅަށް ބެލެހެއްޓޭކަމަށާއި، އިންތިޒާމުތަކާއި އެކު މަސައްކަތަކަށް ވާނީ މިވަގުތު ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ނިންމާލުންކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: