ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ގަޑިއިރު ތެރޭގައި ހުޅުމާލެއިން 18 ޓަނުގެ ކުނި ނަގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވާ ކުނިތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސް ނަގައިގެން އެކިއެކި މުއައްސަސާތަކާ ގުޅިގެން ހިންގި ހަރަކާތުގައި އެންމެ ދެގަޑި އިރުގެ ތެރޭގައި 18 ޓަނުގެ ކުނި ނަގައިފިއެވެ.

“ސާފު ހުޅުމާލެ” ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ސާފުކޮށްފައެވެ. މިގޮތުން މި ޕްރޮގްރާމްގެ ތެރެއިން ހުޅުމާލޭއިން ވަނީ ދެ ގަޑިއިރުގެ ތެރޭ 18 ޓަނުގެ ކުނި ނަގާފައެވެ.

އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ރައީސޫލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަޞީމްއެވެ. މިއީ ކޮންމެ އަހަރުކުވެސް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ހަރަކާތެކެވެ.

ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ޕްލާސްޓިކްގެ ސާމާނު ގިނައިން ނަގާފައިވާއިރު ފެރީ ޓާމިނަލް ކައިރީގައި އޮތް ޕާކާއި އެ ސަރަހައްދުގެ ބަނދަރުގެ އެއްގަމު ތޮށި ކައިރިއަށް ވަރަށް ގިނައިން ކުނި އަޅާފައި ހުންނަ ތަން އާއްމުކޮށްފެނެއެވެ. ނަމަވެސް އެ ސަރަހައްދުގައިވެސް ގިނަ އަދަދެއްގެ ޑަސްބިން އަބަދުވެސް ހުރެއެވެ. ބީޗް ސަރަހައްދުގައި ޑަސްބިން ހުންނައިރު ކޮފީ ބޮއެފައި ހުންނަ ޑިސްޕޯސަބްލް ތައްޓާއި ޕްލާސްޓިކް ފުޅި ބިންމައްޗަށާއި އެތަނުގައި ހުންނަ ބެންޗުތަކުގެ މަތީގައި އުކާލާފައި ހުންނަ މަންޒަރުތައް ފެނެއެވެ.

ހުޅުމާލެ ބީޗު ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ޕިކްނިކް ގޮސް އުޅޭ ސަރަހައްދެކެވެ.

ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: