ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމުމުގެ ކުރިން އިތުރު 40،000 ޓޫރިސްޓުން ގެނައުމުގެ އުންމީދު!

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރުގެ ބާކީއޮތް ދުވަސްތަކުގައި ރާއްޖެއަށް 40000 ފަތުރުވެރިން ގެނެވޭނެކަމަށް އުންމީދު ކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ވާޗުއަލްކޮށް ބޭއްވި މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތަކުން ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަމަށާއި މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ކުރިން ލަފާކުރި ފަސް ލައްކަ ފަތުރުވެރިންގެ އަމާޒު މިހާރު ހާސިލްކުރެވިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތްކުރަމުން ދަނީ މިމަހުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 40000 ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށެވެ.

މައުސޫމު ވިދާޅުވީ މިހާރު ވެސް 18 އަށް ވުރެ ގިނަ އެއާލައިން އިން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ އިރު ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ވެސް މައްޗަށް ދާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާތަކުގައި އިތުރު 8 އެއާލައިނަކުން ދަތުރު ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: