ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯ ފުށް ގުދަން ސަރަޙައްދުގައި ފެންބޮޑުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ފުށް ގުދަން ސަރަޙައްދުގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަޙައްދުގައި ފެން ހިންދުމުގެ މަސައްކަތް ޕަމްޕް ބޭނުންކޮށްގެން ފަޔަރ އެންޑް ރެސްކިޔު ޓީމުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފުށްގުދަން ސަރަހައްދުގައި ފެންބޮޑުވި ނަމަވެސް ފުށް ގުދަންތެރެއަށް ފެންވަދެފައި ނުވާ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރަ އެވެ.

މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އެގޮތުން މިއަދު މެންދުރު 12:00 އާ ހަމައަށް ނ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: