ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްސީގެ ލޯނުތަކަށް އެދުން ވަގުތީ ގޮތުން މެދުކަނޑާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިއަހަރު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރަމުން އައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

މި ޚިދުމަތް މެދުކަނޑާލަން ނިންމީ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމާއި، އެ ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުން މެދުކަނޑާލާނޭކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެސްޑީއެފްސީން ބުނީ ލޯނަށް އެދި ހުށަހަޅާ ފޯމުތައް ދެން ބަލައިގަންނަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމަށެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އުފައްދާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: