ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާ ބޮޑުކުރީ އިދިކޮޅު ޖަލްސާއަށް އަމާޒުކޮށް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު- ފޮޓޯ:- ވަންއޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާ އަދަދު ބޮޑުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް އަމާޒުކޮށްގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން އިއްޔެ ނެރުނު އުސޫލެއްގައި ބުނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފި ނަމަ ނުވަތަ ޢަމަލު ނުކޮށްފި ނަމަ، އެ ފަރާތަކުން އެ ކުރަނީ ކުށެއް ކަމަށެވެ.ޛޮޮ

އެގޮތުން އާންމު ފަރުދެއް ނަމަ، ފުރަތަމަ 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 ފަހަރު އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައި ބުނެފައިވެއެވެ.

އަދި ގާނޫނީ ޝަހުސެއްނަމަ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 ފަހަރު އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާއި ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

އެޗްޕީއޭގެ އުސޫލާ ގުޅިގެން ޝުޖާއު ވިދާޅުވީ ކުއްލިއަކަށް އުސޫލެއް ހަދާފައިވަނީ އިދިކޮޅުގެ ޖަލްސާ އަށް އަމާޒުކޮށްގެން ކަމަށެވެ. އަދި އެއްލަކިން ޖޫރިމަނާ ކުރަމުންދާ ކަމަށާއި ރައްޔިތުން ފެލުން ހުއްޓުވަން ސަރުކާރުން ވިސްނުން ނުގެންގުޅޭ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވަނީ މިކަމާއި ރައްޔިތުން ވިސްނުމަށްފަހު ޖަލްސާ އަށް ވަޑައިގަތުމަށް އެދިފައެވެ.

އިދިކޮޅުން ވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ “ވިސްނާ” ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ޖަލްސާ އެއް ބޭއްވުމަށް ނިންމާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: