ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ރަނގަބީލުގެ އަޑު ދުނިޔޭގައި ދަނީ ގަދަވަމުން، ސަމާލުވޭ: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް އެ ބަލީގެ ރަނގަބީލުގެ އަޑު ދުނިޔޭގައި ދަނީ ގަދަވަމުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔެ ސިއްސުވާލި ކޮވިޑުގެ ރަނގަބީލުގެ އަޑު ރާއްޖެއިން މަޑުވާތީ އުފާކޮށް މާތްﷲ އަށް ހަމްދުކުރާ ކަމަށެވެ. ނަމަވެސް އެ ބަލީގެ ރަނގަބީލުގެ އަޑު އަދި ނުކެނޑޭ ކަމަށާއި ދުނިޔޭގައި އެއަޑު ދަނީ ގަދަވަމުން ކަމަށެވެ.

އެހެންކަމުން މިނިސްޓަރު ވަނީ އެކަމަށް ސަލާމުވެ، ގައިދުރުކޮށް، އަތްދޮވެ ހެދުމަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވިއިރު، ޔޫކޭއިން ވަނީ ކޮވިޑް-19 ވައިރަސްގެ ބާރުގަދަ އަދި ނުރައްކާތެރި ސްޓްރެއިން އެއް ފެނިފައެވެ.

ޔޫކޭއިން ބުނެފައިވަނީ، އެ ގައުމުން އަލަށް ފެނުނު ކޮވިޑް-19 ވައިރަސްގެ އައު ސްޓްރެއިން، ކުރިން ފެނިފައިވާ ވައިރަސްއަށްވުރެ 70 ގުނަ ބާރުގަދަވެފައި ނުރައްކާތެރި ކަމަށެވެ.

އަދި ކުރިން ފެނުނު ވައިރަސްއަށްވުރެ އަލަށް ފެނުނު ސްޓްރެއިން މާ އަވަސްމިނުގައި ވަރަށް ބާރަށް ފެތުރެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: