ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަޒައިލް އަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ޝަޒައިލް - ފޮޓޯ/ މޯލްޑިވް ގޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ޝަޒާއިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްޤީޤުގެ ތެރެއިން ކަމަށް އޭސީސީން މަޢުލޫމާތު ދެއެވެ.

އޭސީސީން ދަނީ ޝަޒާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ، ފައިސާގެ މުޢާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރި މައްސަލައަކާއި މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ.

އަދި ޝަޒާއިލްގެ މައްސަލައިގެ ތަޙްޤީޤު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޝަޒާއިލްއަށް މިމަހުގެ 17ވަނަ ދުވަހު ފޮނުވާފައިވާކަމަށް އޭސީސީން މަޢުލޫމާތުދެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ޝަޒައިލް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރުވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައެވެ.

ޝަޒައިލް ސަސްޕެންޑް ކޮށްފައިވާއިރު މޯލްޑިވް ގޭސްއިން އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމަށް ބުނާ މައްސަލައަކާއި އެނޫންވެސް މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދަނީ ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: