ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމްގެ ފާޑުކިޔުން ސަރުކާރަށް: ވައްކަންތައް ނުބެލޭ، ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ

ކުރީގެ ޑެޕިޔުޓީ އެޓާނީ ޖެނެރަލް އަދި މިޙާރު ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ވައްކަމެއް ނުބެލޭ ކަމަށާއި ޒީރޯ ޓޮލަރަންސްގެ މާނަ މިހާރު އޮޅިފައިވާ ކަމަށް ވިދާޅުވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ލީކްވި އޯޑިއޯތަކުގައި ބުނާ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގި ވައްކަމުގެ މައްސަލަ ވެސް ނުބެލުނު ކަމަށާއި އަދި ބާ ބަސްތަކެއް ގެނެސްގެން ވެސް ވައްކަންކޮށްފައިވާ ކަމަށެވެ.

“މިއަދު އަނެއްކާ އިތުރު ވައްކަމެއްގެ ވާހަކަ. އެޅުނު އެއްވެސް ފިޔަވަޅެއްނެތް. ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ” އުޝާމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މައްސަލަ ފެންމަތިކޮށް އެކަން ފިނޭންސް މިނިސްޓްރީގެ ބިޑް ރިވިއު ކޮމިޓީގެ ސަމާލުކަމަށް ގެނައީ ބިޑް ހުށަހެޅި ތިން ކުންފުނީގެ ތެރެއިން އެންމެދަށް އަގެއް ހުށައެޅި ނަމަވެސް ބިޑް ކާމިޔާބު ނުވި ޑޮނާޑް އިންވެސްޓްމަންޓުންނެވެ. މި މަސައްކަތުގެ ބިޑް ކާމިޔާބު ކުރީ ހުށައެޅި އަގުތަކުގެ ގޮތުން ދެ ވަނާގައި އޮތް ކުންފުނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: