ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓުޓިކޮރިންއާއި ތިނަދޫއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޓުޓިކޮރިން އާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފަށައިފިއެވެ.

ޓުޓިކޮރިންއާއި ތިނަދޫ ދެމެދު ޑައިރެކްޓް ޝިފިން ހިދުމަތް ފެށުމަށް މިއަދު ހަވީރު ތިނަދޫގައި ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އިންޑިއާގެ ޓުޓިކޮރިން އިން މުދާ ހިފައިގެން އައި ފުރަތަމަ ކާގޯ ބޯޓު “އެމް.ވީ. ބޮންތި 2” ތިނަދުއަށް ބަނދަރުކޮށްފައިވަނީ 400 ޓަނުގެ މުދަލާއެކުއެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިލިބޭ ކުރިއެރުންތަކާއެކު ތަކެތީގެ އަގުތައް ރާއްޖޭގައި ހެޔޮވެގެންދާނެ ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށެވެ. އަދި އެމްއެސްއެސްގެ ކާގޯ ދަތުރުތަކާއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ޤައުމުގެ އިޤްތިސާދަށް ގިނަ ކުރިއެރުންތައް އަންނާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

“ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރަށް އިންޑިއާ ކޮޗިންއިން ކާގޯ ފެރީގެ ހިދުމަތް ފަށާ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އުތުރުގެ އަތޮޅުތަކަށް ވަނީ ގުޅާލެވިފަ. އަދި އޭގެ ދެމަސްފަހުން އައްޑޫއަށް މި ހިދުމަތްފެށީ މިއަދު ތިނަދޫ ސަރަހައްދީ ބަނދަރުން އިންޑިއާ ޓްޓުކޮރިން ކާގޯ ފެރީގެ ހިދުމަތް ފެށި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ދެކުނުގެ އަތޮޅުތަކަށް ގުޅާލެވި އަތޮޅުތަކުގެ އިގްތިސާދީ ތަރައްގީއަށް ލިބިގެންދާ ވަރަށް ބޮޑޫ ކުރިއެރުމެއް” މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ތިނަދޫގައި ބައިނަލް އަގުވާމީ އެއާޕޯޓަކާއި ބައިނަލް އަގުވާމީ ސީޕޯޓެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުތަކުގެ ތެރެއިން ބޮޑު ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: