ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިމާޒަށް ތުހުމަތުކުރި މައްސަލައިގެ ތަފްސީލް ފޮނުވައި ދިނުމަށް މައުމޫން އެދިވަޑައިގެންފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ, މައުމޫންއާ އެކު--
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއާރުއެމްއަށް ނިސްބަތްވާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ތުހުމަތުވާ މައްސަލަތަކުގެ ތަފްސީލު ފޮނުވައި ދެއްވުމަށް އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބޯޑު ބަދަލުކުރުން ވަކި ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެ މައްސަލަ ރައީސް މައުމޫންގެ ސަމާލުކަމަށް ގެނައީ ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދުއެވެ

އެގޮތުން ޒަރިޔަންދު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރެއްގެ އަމަލުތަކުން، ދައުލަތުގެ މާލިއްޔަތު ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަކަށް އަމަލުތައް ހިންގަމުންދާކަމަށެވެ. މިކަމުގައި ރައީސް މައުމޫން ގޮތެއް ނިންމެވުމަށް ޒަރިޔަންދު ވަނީ އެދިވަޑައިގެންފައެވެ. ޒަރިޔަންދު އެ ވިދާޅުވީ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކީ ޝިމާޒްއެވެ.

ޒަރިޔަންދުގެ ޓްވީޓަށް ރައީސް މައުމޫން ވަނީ ޓްވީޓާގައި ޖަވާބު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ ޒަރިޔަންދު ވިދާޅުވި މައްސަލައިގެ ތަފްސީލީ މައުލޫމާތުތައް އެމްއާރްއެމްގެ އޮފީހަށް ފޮނުވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލާގެ ތުހުމަތު ކުރެވޭ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ވަނީ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އެއީ ވަކި ބަޔަކު ބޭނުންވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ނުކުރުމުން ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ޝިމާޒް ވިދާޅުވެއެވެ.

މި މަސައްކަތް ޓްރާންސްޕޯޓު މިނިސްޓްރީ އިން ހަވާލު ކޮށްފައި ވަނީ ވަސާޖިޔޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށްވެއެވެ. އަދި އެ ކުންފުނި ހޮވި ގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ވަސާޖިޔޯ އަށް އެ މަސައްކަތް ހަވާލު ކުރުމުގައި ބޮޑެތި ހިޔާނާތްތަކެއް ހިނގާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: