ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10،000 ޑޮލަރަށް ވުރެ މަތި ނަމަ ކަސްޓަމްސް އަށް ރިޕޯޓުކުރަން ޖެހޭ ގޮތަށް ބަދަލުކޮށްފި

ޑޮލަރުތަކެއް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަޤުދު ފައިސާ ރިޕޯޓުކުރަންޖެހޭ މިންވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބަދަލުގެނެސްފިއެވެ.

“ރާއްޖެއަށް އެތެރެކުރާ އަދި ބޭރަށް ގެންދާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދު” 2015 ވަނަ އަހަރު ވުޖޫދުވިއިރު 300،000 އެމެރިކާ ޑޮލަރަށްވުރެ ގިނަ ޢަދަދަކަށް ފައިސާ ރާއްޖެއިން ބޭރުކުރާނަމަ، ނުވަތަ ރާއްޖެއަށް އެތެރެކުރާނަމަ، ކޭޝް ޑިކްލެރޭޝަން ފޯމެއް މެެދުވެރިކޮށް އެ ފައިސާ ރިޕޯޓުކުރަން ޖެހެއެވެ.

މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލި މި ޤަވާޢިދުގައި ކަނޑައަޅާފައިވާ ފައިސާގެ މިންވަރު އެކި ފަހަރު މަތިން ކުޑަކޮށްފައިވެއެވެ. އެގޮތުން ފާއިތުވި ޖަނަވަރީގައި 20،000 އަށް އެ އަދަދުވަނީ ކުޑަކޮށްފައެވެެ.

އެމްއެމްއޭއިން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުގައި ރާއްޖެއިން ބޭރުކުރާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ނަޤުދު ފައިސާގެ އަދަދު 10،000 އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނަމަ، ރިޕޯޓުކުރުން މިހާރު ލާޒިމުވާނެއެވެ. މި ބަދަލަށް އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަމަލުކުރާނެއެވެ. 10،000 އެމެރިކާ ޑޮލަރަށްވާ މިންވަރު ކޮންމެ ޤައުމެއްގެ ފައިސާއިން އެތެރެކުރި ނަމަވެސް ނުވަތަ ބޭރުކުރި ނަމަވެސް ކަސްޓަމްސަށް ރިޕޯޓުކުރަންޖެހޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ރިޕޯޓުކުރަންޖެހޭ ފައިސާއެއް ރިޕޯޓުނުކުރާ ހާލަތުގައި އެ ފައިސާއަކީ ޓެރަރިޒަމާ ނުވަތަ މަނީ ލޯންޑަރިންއާ ގުޅުންހުރި ފައިސާއެއް ކަމުގައި ބެލެވޭ ޙާލަތުގައި އެ ފައިސާ ހިފަަހެއްޓުމުގެ ބާރު ކަސްޓަމްސަށް މި ޤަވާޢިދުގެ ދަށުން ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: