ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އިލްމުވެރިންގެ ނަމުގައި އިސްލާމިކް މިނިސްޓަރަށް ސިޓީއެއް: “އެމްޑީއެން ތަހުގީގު ގޮސްފައިވާ މިންވަރު ހާމަކޮށްދެއްވާ”

އެމްޑީއެން އާދެކޮޅަށް ރަށްތަކުގެ އަޑު ގަދަ : ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއެންއިން ނެރެފައިވާ އިސްލާމްދީނާއި ޚިލާފު ރިޕޯޓުގެ މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިޔަށް ގޮސްފައިވަނީ ކިހާ މިންވަރަކަށްތޯ އޮޅުންފިލުވުމަށް، 20 ދީނީ ޢިލްމުވެރިންގެ ނަމުގައި އިސްލާމިކް މިނިސްޓަރަަށް މިއަދު ސިޓީއެއް ހުށައަޅައިފިއެވެ.

މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި ބޭފުޅުންގެ ތެރެއިން ޝެއިޚް އާދަމް ނިޝާން ސަންގަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓަރަށް ސިޓީ ހުށައެޅި ސަބަބަކީ މިމައްސަލައިގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް މީގެ ކުރިން ބައެއް ފަރާތްތަކުން ފުލުހުންނަށް ސިޓީ ފޮނުވުމުން އޭގެ ޖަވާބުގައި، މައްސަލަ ހުށައަޅާ ފަރާތް ނޫން އެހެން ފަރާތަކަށް އޭގެ ތަފްސީލު އެރުވުމަކީ ޢާއްމު އުސޫލުން ކޮށް އުޅޭ ކަމެއް ނޫންކަމުގައި ބަޔާންކޮށް ޖަވާބު ދީފައިވުމުން ކަމުގައެވެ.

މިނިސްޓްރީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އޮތް ޤައުމަކަށްވާއިރު، މިނިޢުމަތް ނިގުޅައިގަތުމަށް ދީނުގެ ޢަދާވާތްތެރިން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން މިޤައުމު އަޅުވެތިކުރުމާއި މިޤައުމުގެ ދަރިންގެ ހިތުގައި ދީނާއި މެދު ޝައްކުތައް އުފެއްދުމާއި މިފަދަ އެތައްކަމެއް ކުރަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި މިކަންތައްތައް ކުރަނީ ތަފާތު އެކި ނަންނަމުގައިކަމަށާއި، އެގޮތުން ބައެއް ފަހަރު ދިވެހިންގެ ތެރޭގައި ދީނުގެ ޢިލްމާއި މަޢުރިފާ ރަނގަޅަށް ލިބިފައި ނެތް ބައެއް ޒުވާނުން ލައްވާ އެކިއެކި ޙައްޤުތަކުގެ ނަމުގައި ލާދީނީ ތަފާތު ފިކުރުތައް ފަތުރަން މަސައްކަތް ކުރާކަމަށްވެސް އެ ސިޓީގައިވެއެވެ.

އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވަނީ، އެމް.ޑީ.އެން އޭ ކިޔާ މަދަނީ ޖަމްޢިއްޔާއަކުން އިސްލާމްދީނާ ޚިލާފަށް އެކުލަވާލާފައިވާ ރިޕޯޓެއްގެ މައްސަލަ 2019 ވަނަ އަހަރު ފަހުކޮޅު ފެންމަތިވެ މުޅި ރާޢްޖޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ އިސްލާމިކު މިނިސްޓްރީއިން ވަނީ، ބަލައި ތަޙްޤީޤުކުރުމަށް ޕޮލިހަށް ހުށަހަޅާފަ ކަމަށެވެ. އަދި އޭރު ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް، އެކި ރަށްރަށުގަޔާއި މާލޭގައިވެސް އިޙްތިޖާޖުކުރުމުގެ ސަބަބުންނާއި އިސްލާމިކް މިނިސްޓްރީންވެސް ކުރެއްވި އެތައް މަސައްކަތާއި އެކު، 19 ޑިސެމްބަރ 2019 ގައި މިނިސްޓްރީ އޮފް ޔޫތުއިން ވަނީ އެޖަމްޢިއްޔާގެ ނަން ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކޮށް އުވާލާފަކަންވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

“އޭގެ ފަހުން 365 ދުވަސް ފާއިތުވިއިރުވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނިންމިކަމެއް ޕޮލިހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމުގެ މަޢުލޫމާތުވެސް އެއްވެސް ފަރާތަކަށް ހިއްސާކޮށްފައެއްވެސް ނުވެއެވެ.”

މިކަމަކީ ކޮންމެ މުސްލިމް ރައްޔިތަކުވެސް އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގައި ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ތިޔަ މިނިސްޓްރީއިން ދެއްވާފައިވާ ފަރާތްތަކުގެ ހައިޘިއްޔަތުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައިވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: