ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި އޮކްސްފޯޑުގެ ވެކްސިން ބޭނުން ކުރަން އަންނަ ހަފްތާގައި ހުއްދަ ދެނީ

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގެ ކޮވިޑް-19 ވެކްސިން ބޭނުން ކުރަން އިންޑިއާއިން އަންނަ ހަފްތާގައި ހުއްދަ ދޭނެ ކަމަށް  ރިޕޯޓުކޮށްފި އެވެ

އިންޑިއާގެ ވެކްސިން ހަރަކާތާ ގުޅުން ހުރި ދެ މީހަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުގައި ބުނެފައިވާގޮތުން އެގައުމުގެ ބާރަތު ބަޔޯއެންޓެކް އާއި އެސްޓްރާޒެނެކާ އާއި ފައިޒާއިން ވަނީ އެ ކުންފުނިތަކުގެ ކޮވިޑް ވެކްސިންއަށް ހުއްދަ ދިނުމަށް އެގައުމުގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ)ގައި އެދިފަ އެވެ.

އަދި އެ ވެކްސިންއާ ބެހޭ ގޮތުން އިންޑިއާގެ ހެލްތު އޮފިޝަލުން އިނގިރޭސި ހެލްތު އޮފިޝަލުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އަންނަ ހަފްތާގައި އެ ވެކްސިންއަށް ހުއްދަ ދޭނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ މީޑިއާތަކުގައިވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގައި މިހާތަނަށް 10 މިލިއަން މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 146،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: