ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލީމް، ޒަހާއަށް: މިފްކޯ އޮތް ހާލަތެއް މަސްވެރިން ބަލާކަށް ނުޖެހޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯ އޮތް ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭނެ ކަމަށާއި، ބަހަނާ ނުދައްކައި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

“މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިފްކޯ ވެސް އެހާ ހާލުގައި އޮވެ، އަދި ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސްވަރެއްގައި ހަމައެކަނި މަސްވެރިން ބޭނުން އަގެއްގައި އަގު ބަދަލު ކުރުން އެއީ ސަރުކާރުން ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ޒަހާ އަށް ރައްދު ދެއްވައި ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ކުންފުނިތައް ސަރުކާރަށް ނުހިންގިގެން ބަނގުރޫޓް ވުމުން އެކަމުގެ ޒިންމާ މަސްވެރިން ނަގަން ނުޖެހޭނެކަމަށެވެ. އަދި މަސްވެރިން ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތަށް ހަމަ އަގުދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްކަމަށާއި މިއީ މަސްވެރިންނަށް ވެފައިވާ ވައުދާ ޚިލާފަށް އިތުރު ބަހަނާ ނުދައްކައި، ވައުދު ފުއްދުމަށް ސަލީމް ވަނީ ގޮވާލާފައެވެ.

“މިފްކޯ އޮތް ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭނެ. އެއީ ސަރުކާރުން ބަލަންޖެހޭ ކަމެއް. ކުންފުނިތައް ބަނގުރޫޓް ކޮށްލީމަ ޒިންމާ ނަގަންޖެހޭނީ މަސްވެރިންތޯ؟ މަސްވެރިންނަށް ހަމަ އަގުދީ ވައުދު ފުއްދާ! ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް.” ސަލީމް ވިދާޅުވިއެވެ.

މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް މިދިޔަ އަންގާރަ ދުވަހު ވަނީ ޅ. ފެލިވަރުގައި މުޒާހަރާކޮށްފަ އެވެ.

އެ މުޒާރަހާއި މަސްވެރިން ޑިމާންޑް ކުރަމުން ދިޔައީ މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމަށެވެ. އެކަމާ ގުޅޭ ގޮތުން ޒަހާ ވިދާޅުވީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ. އެއީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ އަގެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: