ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން 12 މިލިޔަން ޑޮލަރު ހޯދަން ސީލައިފް ކުރި ދައުވާ ނާކާމިޔާބު

ޝެއާރކޮށްލާ ކަހަލަދޯ؟

ދަޢުލަތުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބާރަ މިލިއަން ޑޮލަރު ދޭން ނުޖޭހޭކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

ސީލައިފުން ދައުވާ ކޮށްފައި ވަނީ އެ ކުންފުންޏާއި ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗައާ ދެމެދު 2018 ވަނަ އަހަރު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ސީލައިފްއަށް ދިވެހި ދައުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު ހޯދުމަށެވެ.

މައްސަލަ ބެލުމުގައި ސިވިލް ކޯޓަށް ފާހަގަކުރެވުނު ކަންތައްތަކުގެ ގޮތުގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ އެއް ކަމަކީ ސީ ލައިފުން ހަރަދުކުރި ކަމަށް ބުނާ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއް ނޫން ކަމަށް އެސެޓް ރިކަވަރީން ނިންމާފައިވާ ނިންމުމެވެ. ސީ ލައިފުން އެގޮތަށް ކަންތައް ކޮށްފައި އޮތް އޮތުމަކީ އެއްބަސްވުން އޭގެ ޒާތުގައި ބާތިލުވާނެ ކަމެއް ކަމަށް ހައިކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ ސިިވިލް ކޯޓުގެ ރިޕޯޓްގައި ބުންޏެވެ. ހައިކޯޓުން 2016 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބުނެފައި ވަނީ ހަގީގަތް އޮޅޭ ފަދަ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ވެފައިވާ އެއްބަސްވުމަކީ ހަގީގަތް އޮޅުނު ފަރާތުގެ ނިސްބަތުގައި ބާތިލުކުރެވިދާނެ އެއްބަސްވުމެއް ކަމަށެވެ.

އަދި ސެޓްލްމަންޓް އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދު ރަނގަޅުކަމަށް އެ އެގްރީމެންޓްގައި ސޮއިކުރިއިރު ހައުސިން މިނިސްޓްރީން އެއްބަސްވެފައިވުމަކީ، އެ އަދަދުގެ ޞައްޙަކަމާމެދު މިހާރު ސުވާލުއުފެދުމުން އެ އަދަދުގެ ޞައްޙަކަން ކަށަވަރުކުރުމެއްނެތި، އެގްރީމެންޓްގައި އެއިރު ސޮއިކުރި ކުރުމުގެ މައްޗަށް އެކަނި ބަލައި ސީލައިފަށް ފައިސާ ނަގައިދެވޭނެ ސަބަބެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމަށް ސިވިލް ކޯޓުންގެ ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. ނަމަވެސް ކުރީގެ ސަރުކާރުން 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: