ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހުގެ 15 އިން ފެށިގެން ކުނި ނަގާނީ ރޭގަނޑު: ވެމްކޯ

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި. ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގައި ރޭގަނޑު ކުނި ނަގަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އަންނަ މަހުގެ 15 އިން ފެށިގެން ކުނި ނަގާނީ ރޭގަނޑު 10:00 އިން ފެށިގެން 12:00 އާ ހަމައަށް ކަމަށެވެ. އެހެންކަމުން، އެ ދެގަޑިއިރުގެ ތެރޭގައި ކުނި ނެރުމަށް ވެސް އެދިވަޑައިގަތެވެ.

ވެމްކޯ އިން ބުނީ ކުނި ނެގުމުގެ މަސައްކަތް މިވަގުތު ފޯރުކޮށްދެމުންދާ މެންދުރުގެ ވަގުތަކީ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ވަގުތެއްކަމަށް އެކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުނި ބޭލުމަށް ހަމަޖެހިފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަ އަދަދަކަށް ޖަމާކޮށްފައި ހުންނަ މައްސަލަ ވެސް ފާހަގަކުރެވޭކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯ އިން ވަނީ އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިދިނުމަށް މަޝްވަރާކުރަމުންދިޔުމާއި އެކު، ވެމްކޯގެ އޮޕަރޭޝަނަށް ވެސް ބަދަލު ގެންނަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: