ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ސްވިމިން ޕޫލް އާއްމުންނަށް ހުޅުވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ގާއިމްކުރި ސްވިމިން ޕޫލް އާއްމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުމަށް ނިންމައިފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އެ އެސޯސިއޭޝަނުން ބަލަހައްޓާ ހުޅުމާލޭ ސްވިމިން ޕޫލް، މެންބަޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

ޕޫލު ބޭނުން ކުރުމުގެ އުޞޫލުތަކުގެ ތެރޭގައި ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިން އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައި ކަމަށެވެ. މަހުން މަހަށް ފީ ދައްކާ ބޭފުޅުންނަށް ސްލޮޓް އެލޮކޭޓް ކުރެވޭނެއެވެ. ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭނެއެވެ. ކޮންމެ ބޭފުޅަކަށް ވެސް ޕޫލު ބޭނުން ކުރަން ލިބޭނީ ދުވާލަކު އެއްގަޑިއިރަށެވެ.

މީގެ އިތުރުން ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަ ކޮށްފައި ވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފައިވެއެވެ. އާއިލާ ތަކަށާއި ގްރޫޕްތަކަށް ވެސް ޕޫލު ބޭނުން ކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމަށްފަހުއެވެ.

ސްވިމިންގ ޕޫލުގެ މެންބަރޝިޕް ފީ ނެގުމަށް ހަމަޖެހިފައި ވަނީ އާންމު ދިވެހިންނަށް މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ އަދި ބިދޭސީންނަށް މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ) ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: