ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިރުކުގެ އަގީދާއަށް ތަހުނިޔާ ކިޔާ މީހާއަކީ ދީނުގެ އަދުއްވެއް: އިލްޔާސް

ޝޭޙް އިލްޔާސް ހުސެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނަސޯރާއިން ގަބޫލުކުރާ ޝިރުކުގެ އަގީދާއަށް ތަހުނިޔާ ކިޔާ މީހާއަކީ ދީނުގެ އަދުއްވެއް ކަމަށް ޝައިހު އިލްޔާސް ހުސައިން ވިދާޅު ވެއްޖެ އެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލާހީ ބަސްފުޅަށް ގޮން ޖަހައި ނަސޯރާއިން ގަބޫލުކުރާ ޝިރުކުގެ އަގީދާއަށް ތަހުނިޔާ ކިއުމަކީ، އެ ބާތިލު އަގީދާ ގަބޫލުކޮށް އެކަމަށް ތާއިީދު ކުރާކަމުގެ ހެއްކެއް ކަމަށެވެ.

އަދި އެއީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރާ ކަމަށް ވެވޭ އިއުތިރާފެއް ކަމަށާއި އެފަދަ މީހަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް މިހެން ވިދާޅުވި އިރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިސްޓްމަސް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން ނަޝީދަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ޢައިރު ދީންތަކުން ފާހަގަކުރާ އެމީހުންގެ އެކި އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިންގެ ޖަމްއިއްޔާއިން ވަނީ ގޮވާލައި ބަޔާނެއްވެސް ނެރެފައެވެ. އިއްލުމުވެރިންގެ ގުޅުމުން ކްރިސްމަސް ދުވަހާއި ގުޅިގެން އެ ހަރަކާތުގައި މުސްލިމު ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ގޮވާލައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމުގައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: