ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ މިހާލަތުގައިވެސް ސަރުކާރާއެކު ރައްޔިތުން ދަނީ އެއްބައިވަންތަކަން ދައްކަމުން: އެމްއާރުއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ މިހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދަނީ އެއްބައިވަންތަކަން ދައްކަމުން ކަމަށް ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާ އެމްއާރުއެމް އިން ބުނެފިއެވެ.

މީގެ16 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ކޮންމެ އަހަރަކު ވެސް މިދުވަހު ފާހަގަކުރަމުންދާ ގައުމީ އެއްބައިވަތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސް ފާހަގަ މި ކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންކަމަށެވެ.

“މިއަދަކީ ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. މި ދުވަސް އަޅުގަނޑުމެން ފާހަގަ މި ކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެކެވެ. “ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް” ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށެވެ.” ބަޔާނުގައި ވެއެވެ.

ބަޔަނުގައި ބުނެފައިވަނީ އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަން ކަމުގައެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށާއި، އެގޮތުން، ކޮވިޑް-19 ގެ މިހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަން ކަމުގައެވެ. އަދި ކޮވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު، ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީކަމަށް މިބަޔާނުގައިވެއެވެ.

“އާދެ! 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ ޢަދަދު 108 އަށް އަރައެވެ. އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި މި ފުރުޞަތުގައި އެ ލޮބުވެތި އަޚުންނާއި އުޚުތުންގެ އާއިލާ ތަކަށް މިއަދުވެސް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.” އެމްއާރުއެމް އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: