ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ އެއްބައިވަންތަކަން ނަގާލަން ދައުލަތުގެ އިސްވެރިން މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ގައުމުގެ ދީނީ އެއްބައިވަންތަކަން ނަގާލަން ދައުލަތުގެ އިސްވެރިން ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީގެ 16 އަހަރު ކުރިން ރާއްޖެއާއެކު ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން މިއަދު ފާހަގަކުރާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުނާމީ އަކީ ގިނަ ފިލާވަޅުތަކެއް ނަގައިދިން ކާރިސާއެއް ކަމަށާއި އޭގެ 16 އަހަރު ފަހުން މިއަދު މުޖްތަމައުން ފެންނަ މަންޒަރު ތަފާތު ކަމަށެވެ.

“އެއްބައިވަންތަކަމުގެ އެންމެ މުގައްދިސް ކަމަކީ ދީނީ އެއްބައިވަންތަކަމަށްވީ ހިނދު، އެއްބައިވަންތަކަން ނަގާލަން ދައުލަތުގެ އިސްވެރިން ފާޅުކަން ބޮޑުކޮށް މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް.” ޝިޔާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގައި އެރި ސުނާމީގެ ހަދާންތަކާ ގުޅުވައިގެން 26 ޑިސެންބަރު ދުވަހެވެ. ސުނާމީގައި ރާއްޖެއަށް ގިނަ ގެއްލުންތަކެއްވިއިރު، ގެއްލުން ލިބުނު ޢާއިލާތަަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުންވަނީ އެކުވެރިކަމާއި ލޯބީގެ ނަމޫނާއެއް ދައްކުވައިދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: