ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމްގެ ރައްދު ޑރ. އިޔާޒްއަށް: ރައީސް ނަޝީދަކީ ދީން ގަބޫލުކޮށް، ދީނަށް އުޅޭ ބޭފުޅެއް!

ރައީސް މުހައްމަދު ނަޝީދާއި، އަލީ އާޒިމް އަދި ޑރ. އިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ ގޮތަކަށް ނުސާދާކޮށް ޑރ. މުހައްމަދު އިޔާޒް ދެއްކެވި ވާހަކައަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ކްރިސްޓިއަނުން ފާހަގަކުރާ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ވަނީ ދުވަސް ފާހަގަކުރަމުންދާ މީހުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިންނާއި، އާއްމު ރައްޔިތުންގެ ފާޑުކިއުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ޓްވީޓު ކުރައްވާ ޑރ. އިޔާޒް ވިދާޅުވީ ރައީސް ނަޝީދަކީ މީގެ ކުރިން ވެސް ޕާޓީއަށް ނިސްބަތްވާ މީހަކު ނޫން އިތުރު މީހަކު ކަމަކަށް އެދިއްޖެނަމަ ތިމާގެ ނުބައިކަން ދައްކާނެ ކަމަށް ވިދާޅުވި މީހެއް ކަމަށެވެ. އަދި ޕާޓީ މީހުންނަށް ބޭނުން ގޮތްތައް ހަމަޖައްސައިދިނުމަށް ފަހު ނޫން އެހެން ގޮތަކަށް، އިތުރު ބަޔަކަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

ރައީސް ނަޝީދުގެ ނަން ނުހިމަނާ ކުރި އެ ޓްވީޓުގައި ޑރ. އިޔާޒް ވިދާޅުވެފައި ވަނީ، އިސްލާމް ދީނާއި ދެކޮޅު އަގީދާ ގަބޫލު ކުރާ ބަޔަކަށް ތަހުނިޔާ ކިއުމުން އޭގެއިން ދޭހަވަނީ އެ މީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދީފައިވާ ދީނަށް އެއްވެސް ލޮތްބެއް ނެތްކަން ކަމަށެވެ. އެއީ އިސްލާމް ދީނުގެ އަދުއްވުންގެ އަމަލުތައް ހުންނަ ގޮތް ކަމަށާއި، ދިވެހި ހުރިހާ ރައްޔިތުން ވެސް ރައީސް ނަޝީދުގެ ނުރައްކާތެރިކަމާއި، މެދު ސަމާލުވާން ޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވެފައި ވެއެވެ.

ޑރ. އިޔާޒް ދެއްކެވި ވާހަކައާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ، އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޑރ. އިޔާޒް ހެއްދެވީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ ފުރިހަމައަށް އިސްލާމްދީން ގަބޫލުކޮށް، ދީނަށް އުޅޭ ބޭފުޅެއްގެ ގޮތުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދީނުގެ އަދުއްވުން ކަނޑައެޅުމަށް އޮންނަނީ ގާނޫނު ކަމަށެވެ. އަދި ޑރ. އިޔާޒް ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ހިލާފުވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

“ޑރ. އިޔާޒް ތިހަ ހެއްދެވީ ގޯހެއް. ރައީސް މުހައްމަދު ނަޝީދަކީ ފުރިހަމައަށް އިސްލާމް ދީން ގަބޫލުކޮށް، އެ ދީނަށް އުޅޭ ބޭފުޅެއް. ދީނުގެ އަދުއްވުން ކަނޑައެޅުމަށް އޮންނަނީ ގާނޫނު. ޑރ. އިޔާޒް ތި ދީނީ އިއްބައިވަންތަކަމުގެ ގާނޫނާއި ހިލާފުވެލައްވަނީ” އާޒިމް

ޑރ. އިޔާޒްގެ ވާހަކައަށް ރައީސް ނަޝީދު އެއްވެސް ރައްދެއް ނުދެއްވައެވެ. އެހެން ނަމަވެސް އާޒިމް ޓްވީޓު ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، ރައީސް ނަޝީދު ވަނީ އެ ޓްވީޓު ރީ-ޓްވީޓު ކުރައްވާފައެވެ.

ޣައިރު ދީންތަކުގެ މީހުން ފާހަގަކުރާ ދުވަސްތަކުގައި ބައިވެރިނުވުމަށް ގޮވާލާ އިލްމުވެރިންގެ ޖަމިއްޔާއިން ބަޔާނެއް ވެސް ނެރުނެވެ. އަދި ފަތުރުވެރިންނަށް ހިދުމަތް ދޭ ރިސޯޓުތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށް ކްރިސްމަސް ދަނީ ފާހަގަކުރަމުންނެވެ. އެކަމާއި ގުޅިގެން އިލްމުވެރިންގެ ޖަމިއްޔާއިން ބުނެފައިވަނީ ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކޮން‘ތާކު ހަންޑިބޭއަކީ ދީންގަބޫލުކުރާ މީހެއްނޫން އޭނާއަކީ ދީނަށްފުޜްސާރަ ކުރާމީހެއް ވަރަށްސާފު އިންގޭތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: