ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ހިންގާ އާބިޓްރޭޝަނަކަށް ނެރުނު ވަގުތީ އަމުރު ތަންފީޒުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖެއިން ބޭރުގައި ހިންގަމުންދާ އާބިޓްރޭޝަނަކާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ފަހަރަށް ނެރުނު ވަގުތީ އަމުރު ތަންފީޒު ކުރުން ރާއްޖޭގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.
މި މައްސަލައަކީ ޖުމެއިރާ ވިޓަވެލި ރިސޯޓު ހިންގުމާއި ބެހޭ ގޮތުން، 2008 ވަނަ އަހަރުގެ ތެރޭގައި އެސްޕީއެޗް ކުންފުންޏާއި މެދު އެކުލަވާލާފައިވާ އެއްބަސްވުމެއް އެ ކުންފުނިން ބާތިލު ކުރި މައްސަލައެކެވެ. އަދި މިވަގުތު މައްސަލަ ކުރިޔަށް ދަނީ ސިންގަޕޫރުގެ އާބިޓްރޭޝަންގައެވެ.އެއްބަސްވުން ބާތިލުކުރުމަށްފަހު މިހާރު ރިސޯޓު މިވަގުތު ހިންގަމުން ދަނީ”އޯޒެން ރިޒާވް ބޮލިފުށި” ނަމުގަ އެވެ.

މައްސަލަ ޖުމެއިރާގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ އާބިޓްރޭޝަންގައި ހިނގާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ރިސޯޓު ހިންގުމުގެ ހައްގު ޖުމެއިރާއަށް ގެއްލޭނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ. އަދި އެ ހުކުމުގައި ވަނީ އެއްބަސްވުން ބާތިލު ކުރުމުގެ ކުރިން އޮތް ހާލަތު ދެމެހެއްޓުމަށް ބުނެފައެވެ.

މ،ޖުމެއިރާ ވިޓަވެލި ރިސޯޓް ހިންގުމާ ބެހޭގޮތުން ޖުމެއިރާ މެނޭޖްމަންޓް ސާވިސް ކިޔާ ކުންފުންޏަކާއި އެސްޕީއެޗް ކިޔާ ކުންފުންޏަކާ ދެމެދު ހަދާފައިވާ އެއްބަސްވުން އެސްޕީއެޗް އިން ބާތިލްކުރި މައްސަލަ ސިންގަޕޫރު އާބިޓްރޭޝަންގައި ދަނީ ހިނގަމުންނެވެ. ޖުމެއިރާގެ އެދުމަކަށް ރާއްޖޭގެ ހައި ކޯޓުން މިދިޔަ މަހު އަމުރު ނެރުނީ އާބިޓްރޭޝަންގައި ހިނގާ މައްސަލަ ނިމެންދެން ރިސޯޓް ހިންގުމުގެ ހައްގު ޖުމެއިރާ އަށް ގެއްލޭނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން އޮތް ހާލަތު ދެމެހެއްޓުމަށެވެ.

އެސްޕީއެޗް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ފިރިކަލުން ޝުއައިބު މުހައްމަދު ޝާހު ހިމެނެއެވެ.

އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް އާބިޓްރޭޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ހައިކޯޓުގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެސްޕީއެޗްއިންނެވެ. އަދި ހައިކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅީ ޖުމެއިރާއިންނެވެ. އެސްޕީއެޗްއިން އެދިފައިވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލަން އަންގާ އަމުރެއް ނެރެ ދިނުމަށެވެ.

މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އެ މައްސަލާގައި އެންމެ އަދުލުވެރި ގޮތަކީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުން ކަމަށެވެ. އަމުރު ތަންފީޒު ކުރުމުގެ ގޮތުން މިވަގުތު އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުއްވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: