ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހައްމަދު ބިލް ސަލްމާންއަށް ކޮވިޑް-19 ވެކްސިން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިލް ސަލްމާންއަށް ކޮވިޑް ވެކްސިން ދީފިއެވެ.

ސައުދީ ވަލީއަހުދުގެ އިތުރުން ކޮވިޑް-19 ވެކްސިން ޖެއްސެވި ދުނިޔޭގެ އެހެން ލީޑަރުންގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހިމެނެ އެވެ.

ސައުދީ އަރަބިއާއިން ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް ވެކްސިން މި މަހުގެ 17ގައި އެގައުމުގެ ރައްޔިތުންނަށް ދޭން ފަށާފަ އެވެ.

އަދި އެގައުމުން ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުންނަށެވެ. އެއަށް ފަހު ވެކްސިން އާއްމުކޮށް ދޭން ފަށާނީ 50 އަހަރުން މަތީގެ މީހުންނަށް ދީ ނިމުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: