ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެއައި މީހަކު އެތެރެކުރި ކެނަބިހާއި ހަޝިޝް އޮއިލްތަކެއް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި މިހާއަކީ މިމަހުގެ 23 ވަނަދުވަހު ރާއްޖެ އެތެރެވި އުމުރުން 27 އަހަރުގެ އިންޑިއާ ފިރިހެނެއްކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އޭނާގެ ލަގޭޖް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. މިގޮތުން އޭނާގެ ލަގޭޖުން ފެނުނު ހިކިފަތްތަކެއް ޓެސްޓްކުރުމުން އެއީ ކެނަބިސްކަން ތަހުލީލުތަކުން ދައްކާފައިވާކަމަށެވެ. އަދި އޭނާގެ ލަގޭޖް އިތުރަށް ބަލާ ފާސްކުރިއިރު ހަޝިޝް އޮއިލް ފެނިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މިތަކެތީގެ ބަރުދަނުގައި 36 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ހަތްހާސް ހަތްސަތޭކަ ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ

މި މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް މި މީހާއާއި އޭނާ އެތެރެކުރި ތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: