ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފައްޔާޒުއަކީ އަނިޔާއާއި ދެކޮޅަށް ސާބިތުކަމާއެކު މަސައްކަތްކުރެއްވި ބޭފުޅެއް”

ފައްޔާޒަށް ބޮންޑޭ ފާޑު ކިޔުމުން ސަމްޕަތު ވަނީ ފައްޔާޒު ދިފާއުކޮށް ވާހަކަ ދައްކަވާފަ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެއީ އުފެދުމުގައިވެސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ފިކުރުގެ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް (ސަމްޕަތު) ބޮންޑޭއަށް ރައްދު ދެއްވައިފިއެވެ.

ސަންގުގެ ޚަބަރެއް ޓްވީޓް ކުރައްވަމުން މެންބަރު ވިސާމު ވިދާޅުވީ، ނިމިދަ މަޖިލީހުގައި ގަމު ދާއިރާގެ ގޮނޑި އެމްޑީޕީގެ މެމްބަރެއްގެ ގޮތިުގައި ފުރުއްވީ ޝަރަފުވެރިކަމާއެކުގައި ކަމަށެވެ. ސަމްޕަތު އިތުރަށް ވިދާޅުވީ، ފައްޔާޒަކީ ޔާމީންގެ އަނިޔާވެރި ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނުގުޑާފަދަ އަޒުމެއްގައި އަނިޔާގެ ކުރިމަތީ ކުޑަކަކޫ ނުޖަހައި ސާބިތުކަމާއެކު ހުންނެވި ބޭފުޅެއްކަމަށެވެ.

ފަހަކަށް އައިސް ފައްޔާޒަށް ވަރަށް ބޮޑަށް ފާދު ވިދާޅުވާ ބޮންޑޭ ސަންގުޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ ވިސްނުމާއި އެމްޑީޕީގެ ގެންގުޅޭ ފިކުރާ ދިމާނުވާ ސަބަބަކީ، ފައްޔާޒަކީ އިބްރާ އުފެއްދެވި ޕާޓީގެ ވިސްނުމުގެ ބޭފުޅެއް ކަމަށްވާތީ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ފިކުރާ ސިޔާސަތުތަކާއި ބީރަށްޓެހި، އެހެން ޕާޓީއެއްގެ ފިކުރާ ވިސްނުން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވިޔަސް، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ފިކުރާއި ވަރަށް ދުރުވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ވައްކަމާއި، ކޮރަޕްޝަނާއި، ޚިޔާނާތާއި ދެކޮޅު ފިކުރެއް ކަމަށާއި އެހެން ޕާޓީއެއްގެ ފިކުރު ޤަބޫލުކުރާ ބަޔަކަށް އެކަން ނޭނގޭނެ ކަމަށެވެ.

ފައްޔާޒުވެސް ވަނީ ބޮންޑޭއަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ކުރެވުނު މަސައްކަތުގައި ބޮންޑޭ ޚަރަކާތްތެރިވި ހަނދާނެއް ނުވާކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ހަނދާންވަނީ ކުރިން އެމްޑީޕީ ވެރިކަމުގައި އޮތް އިރު، އަދި މިހާރުވެސް ވެރިކަމުގައި އޮތް އިރު ބޮންޑޭ އެމްޑީޕީގެ މަޖިލީސް މެމްބަރެއްގެ ގޮތުގައި ހުންނަވާ ހަނދާންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: