ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުގްޔާގެ ނަމުގައި އަނިޔާކުރި މީހުންނަށް ދައުވާކޮށްފި

ގެވެށި އަނިޔާ ވަރަށް ނުރައްކާ |ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންނަށް ދައުވާކޮށްދޭން ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ ރ. ދުވާފަރުގައި ރުޤްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ކަމަށެވެ. އެގޮތުން ރުހުމާނުލައި ގަޔަށް އަތްލައިގެން “ފަރުވާ” ކުރުމަކީ ދީން ވެސް ޤާނޫނުން ވެސް ދަންނަ ކަމެއް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.

“މިމައްސަލައިގައި ޖިންސީ ކުށުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކޮށްފިން” ޕީޖީ ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 24 އަހަރުގެ ފިރިހެނަކާއި އެ އަމަލު ހިންގުމަށް ހިތްވަރުދީ ބައިވެރިވި 39 އަހަރުގެ ފިރިހެނެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: