ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު އައުޓްބްރޭކެއް އައިސްފިނަމަ، ސްކޫލްތައް ހުޅުވުން ފަސްކުރަންޖެހޭނެ: ޑރ ނަޒްލާ

ޑރ ނަޒްލާ މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތައް ހުޅުވާލައި ކުދިންނަށް ސްކޫލަށް ދިޔުމުގެ ފުރުުސަތު އޮންނާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓައި އިތުރު އައުޓްބްރޭކެއް އަޔަނުދީ ހިފެހެއްޓުމުންކަމަށް ޑރ ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ކޮވިޑް ވައިރަހުގެ އާ ވޭރިއަންޓާއި ގުޅުންހުރި މައުލޫމާތު ހިއްސާކުރައްވަމުން ޑރ ނަޒްލާ ވިދާޅުވީ، އާ ވޭރިއަންޓް އިނގެރޭސިވިލާތުގައި ރެކޯޑް ކުރެވުނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި މިހާތަނަށް 21 ގައުމަކުން އާ ވޭރިއަންޓް ރެކޯޑް ކުރެވިފައިވާއިރު އެންމެ ކައިރިން އިންޑިޔާ، ޕާކިސްތާން އަދި ސިންގަޕޫރުންވެސް އާ ވޭރިއަންޓް ފެނިފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މީގެ ތެރޭގައި ހިމެނެނީ އިނގެރޭސިވިލާތަށް ދަތުރުކޮށްފައިވާ މީހުން ކަމަށާއި އެހެންނަމަވެސް، މިހާރު އިނގެރޭސިވިލާތަށް އެއްވެސް ދަތުރެއްކޮށްފައިނުވާ މީހެއްގެ ގައިން އާ ވޭރިއަންޓް އެމެރިކާގައި ފެނިފައިވާ ކަމަށެވެ. އޭގެ މާނައަކީ އިތުރަށް ބެލިވަރަކަށް އާ ވޭރިއަންޓްގެ އަސަރުކޮށްފައިވާ މީހުން އިތުރަށް ފެންނާނެކަންކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ އާ ވޭރިއަންޓް ރާއްޖެއިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ރާއްޖެއަށް މީހުން އަންނަނީ ހަމައެކަނި އިނގެރޭސިވިލާތުން ނޫންކަމަށާއި އެހެންކަމުން މިވަގުތު އަދި ފިޔަަޅުތަކަށް ފަރުވާ ކުޑަކޮށްފިނަމަ، އާ ވޭރިއަންޓް ރާއްޖޭގައިވެސް ފެތުރިދާނެ ކަމަށެވެ. އާ ވޭރިއަންޓްގައި ބަލީގެ އަސަރު ވަކި ބޮޑުވާކަމަށް ފެނިފައި ނެތަސް، މިވޭރިއަންޓް ވަރަށް އަވަހަށް ފެތުރޭ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އާންމުކޮށް 10 މީހުންނަށް ބަލި ފެތުރޭނަމަ ، މީގައި 15 މީހުންނަށް އެބަ އަސަރުކުރޭ. މާސްކް އެޅުން މަދުކޮށްފިނަމަ ވަރަށް އަވަހަށް ބަލި ފެތުރިގެންދާނެ

ރާއްޖެއިން ބޭރުން އައުމަށްފަހު ގޭގައި އުޅޭއިރު 10 ދުވަސް ވަންދެން މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ހައިރިސްކް މީހުން ގޭގައި އުޅޭނަމަ ސަމާލުކަން އިތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަކަށް ޓެސްޓްކުރުމަށް ޑރ ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ސްކޫލް ހުޅުވުމަށް ވަރަށް ކުޑަ މުއްދަތަކަށް ވެފައިވާކަން ފާހަގަކުރައްވައި ޑރ ނަޒްލާ ވަނީ އައުޓްބްރޭކެއް އައިސްފިނަމަ ސްކޫލްަތއް ހުޅުވުން ފަސްކުރަންޖެހޭނެކަން ފާހަގަކުރައްވާއެވެ. މިހާރުވެސް މިކަމުގެ ސަބަބުން ކުދިންގެ ސިއްހަތަށް ، ޚާއްސަކޮށް ނަފްސާނީ ދުޅަހެޔޮަކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށާއި އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް މިކަމުން ނުކުންކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ބޮޑެތި މީހުން ބޭނުންވާ ގިނަ ކަންކަން އެބަވޭ އެކަމަކު ކުދިން ސްކޫލަށް ފޮނުވުމުގައި ދަތިތަކެއް މިއަންނަނީ. އައުޓްބްރޭކެއް އައިސްފިނަމަ ސްކޫލް ހުޅުވުން ފަސްކުރަންޖެހޭނެ.ހަމައެކަނި ތައުލީމަކަށް ނޫން އަސަރުކުރަނީ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް އަސަރުކުރޭ. އިޖްތިމާއީ ވަރަށް ގިނަ މައްސަލަތައް އެބަޖެހޭ. މިސާލަކަށް ކުދިންގެ ރޫޓިން އިން ބޭރުވެ ނިދާ ގަޑި އޮޅި، ގޭމްއަށް ދެވިހިފުން ފަދަ ކަންކަން އެބަކުރިމަތިވޭ

ޑރ ނަޒްލާ ވިދާޅުވީ އާ ވޭރިއަންޓް ރާއްޖެ އައުމުގެ ފުރުސަތު ބޮޑުކަމަށެވެ. އާ ވޭރިއަންޓްގައި ވަކި ސީރިއަސް ވާކަމަކަށް ނުދައްކާކަމަށާއި އެހެންނަމަވެސް، ބޮޑަށް ފެތުރޭ އެއްޗަކުން ގިނަ މީހުން ހޮސްޕިޓަލައިޒް ކުރަންޖެހޭނެކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަކީ އެހާ ވަރުގަދަ އެއްޗެއްނޫން ކަމަށާއި ކޮވިޑްގެ ސަބަބުން އަސަރުކުރަނީ ހަމައެކަނި ކޮޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް އެކަނި ނޫންކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، އެހެން ބަލިތައް ދެނެގެނެވޭ މިންވަރު ލަސްވެ، އެހެން ބަލިތަކަށް ފަރުވާކުރެވޭ މިންވަރު ލަސްވެއްޖެ ކަމަށް ވިދާޅުވިއެވެ. އަދި މިސާލެއްގެ ގޮތުން ކެންސަރު ބަލީގެ މީހުން ދެނެގަނެވޭލެއް ލަސްވެއްޖެކަމަށާއި ލަހުން ބަލި ދެނެގަނެވުމުން ފަރުވާ ކުރުމަށް ދަތިވާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުން މުހިންމު ކަމަށާއި ސޯޝަލް ބަބްލް ކުޑަކޮށް ހިފެހެއްޓުމުގެ މުހިންމުކަމަށް ޑރ ނަޒްލާ އަލިއަޅުއްވާލެއްވިއެވެ.  އަދި ގިނަ މީހުން އެއްވާނަމަ، ވައި ދައުރުވާނެ އައުޓްޑޯ ތަންތަނުގައި ހަރަކާތްތައް ކުރިއަށް ގެްންދިޔުން މުހިންމު ކަމަށާއި އޭސީކޮށްފައި ހުންނަ ތަންތަނަށް މީހުން ގިނަވުން ރަނގަޅު ނޫންކަމަށް ޑރ ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: