ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ބޭނުންތައް ފުއްދައި، ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް: ޝަހީމް

ޑރ. ޝަހީމް ވަނީ، މި ބިލަކީ މިއަދު ބިލަށް ތާއީދު ކުރާ ދީނީ އިލްމުވެރިންނަށް މާދަމާ ވެސް ބިރަކަށް ވެދާނެ ކަމަށް ފޮޓޯ: ޝަހީމް ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކުހަކީ ހުއްދަ އެއްޗެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް ވިދާޅުވުމާ ގުޅިގެންނެވެ.

އޭނާ އަށް ރައްދު ދެއްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް ކަމަށާއި ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީޚުގައި ކުރީއްސުރެ ތަޢާރުފްވެފައިވާ މާލީ ނިޒާމެއް ކަމަށެވެ. ދައުލަތުގެ ވާޖިބަކަށްވާންވާނީ ޤައުމާއި ރައްޔިތުންގެ މަންފާ ހުރިމަގުން ޢަދުލުވެރިގޮތުގައި ޓެކްސްގެ ބޭނުންކުރުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިލްޔާސް ޖަމާލްގެ ވިދާޅުވެފައި ވަނީ ޓެކްސް ނެގުން ހަރާމް ކަމަށް އިލްމުވެރިންގެ އިއްތިހާދުން ސާބިތުވާ ކަމަށެވެ. އެކި ނަންނަމުގައި ނަގާ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި މުކްސްގެ ވެރިޔަކު ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ ހަދީޘްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: