ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ހޯދުމަށް ސިންގަޕޫރުގެ ކުންފުންޏަކާއި އެކު ސޮއި ކުރަނީ، ހަރަދުތަކުގެ އޮޑިޓެއް ހަދާނެ!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ވެކްސިން ހޯދަން ސޮއިކުރަން ނިންމީ، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީ އާ ދެމެދު ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ މި ވެކްސިންއަކީ ކޮވިޑު-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް ވެސް ބޭނުންޖެހިފައިވާ ވެކްސިންއަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތް ވެކްސިންއެއް ކަމަށެވެ. އެހެންކަމުން މި ބަލިމަޑުކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް، ވެކްސިން ހޯދުމަކީ އެއީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ގަރާރުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 1.02-1 ގެ ދަށުން ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ވަކި ވަކި ކަންކަން ތަންފީޒު ކުރުމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި އެ ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 10.43 ވަނަ މާއްދާ އާއި 10.52 އަދި 10.67 ގެ އިތުރުން 10.71 ވަނަ މާއްދާއަށް އަމަލު ކުރަން ނުޖެހޭނެކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި ބުނެފައިވަނީ މި މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި، އެސްޓްރާޒެކާއި އެކު ސޮރި ކުރެވޭ އެއްބަސްވުމާއި ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް މިނިސްޓްރީއިން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ ހަރަދުތަކަށް ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދިނުމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: