ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާރ ކުރައްވައިފި

ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާރ ކުރެއްވުން/ ފޮޓޯ: ޕޮލިސް ކޮމިޝަނާރ ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ހިދުމަތުގައި 20 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއި އެކު އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާރ ކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އެކަން ކަށަވަރުކޮށްދެއްވައި ޓްވީޓެއް ކުރައްވާފައެވެ. އަދި ވަނީ ފައިރޫޝް ފުލުހުންގެ އިދާރާގައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ފައިރޫޝް ފުލުހުންގެ އިދާރާއިން ރިޓަޔާރ ކުރެއްވިއިރު އޭނާއަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން ވަޒީފާ ހަމަޖެހިފައިވާކަމަށްް މައުލޫމާތު ލިބެއެވެ. އަދި ރިޓަޔާރ ކުރެއްވީ ސީދާ އެ ސަބަބާއި ހުރެކަމެއް ސާފެއް ނޫނެވެ.

ފައިރޫޝް ޕީއެޗްޑީ ހާސިލް ކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުންނެވެ. އަދި އެ ގައުމުގައި ކިޔަވާވިދާޅުވާން ހުންނަވަނިކޮށް އޭނާ ފުލުހުންގެ ވަޒީފާއިން 2017 ވަނަ އަހަރު ވަކި ކުރިއެވެ. ފައިރޫޝް ވަޒީފާއިން ވަކިކޮށްފައިވަނީ އޭރުގެ ސަރުކާރާއި ދެކޮޅަށް ނުވައި ތަސައްވުރެއް އުފެދޭގޮތަށް ވާހަކަދެއްކެވިކަމުގެ ތުހުމަތުގައެވެ.

ފައިރޫޝްއަށް އަލުން ވަޒީފާ ދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެއީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންއިން އެގޮތަށް ހުކުމް ކުރުމުންނެވެ. އަދި ހުކުމަށްފަހު ފައިރޫޝް އަލުން ވަޒީފާއަށް ނިކުމެވަޑައިގަންނަވަން ފެއްޓެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއަށްފަހު ފައިރޫޝް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވުނެވެ.

ފައިރޫޝް ރިޓަޔާރ ކުރެއްވިއިރު ފުލުހުންގެ ހިދުމަތުގެ ބިލް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. ފުލުހުންގެ ބިލުގައި ބުނެފައިވާ ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ފައިރޫޝްއަކީ 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ފަރާތެވެ. އަދި އެ ދުވަހު ފުލުހުންގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ކުރިމަތިލުންތަކުގެ ތެރޭގައި ފައިރޫޝް އިސްރޯލެއް އަދާކުރިކަމުގެ ތުހުމަތު ކުރެވެއެވެ. އަދި އާ ގާނޫނާއި އެކު އެ މައްސަލަ ބަލާނެކަމަށް ނުސީދާގޮތެއްގައި ބައެއް އިސް ބޭފުޅުން އައީ ވިދާޅުވަމުންނެވެ. އޭގެ އިތުރުން އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތައް ވެސް ފައިރޫޝްއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: