ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރު ކުރީ “ބޮމެކޭ” ބުނެ އެއާޕޯޓުގައި ވާހަކަ ދެއްކި އިންޑިއާ މީހެއް: ފުލުހުން

ޓެރަރިޒަމް އާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ތުހުމަތަށް ހައްޔަރުކުރި މީހާއަކީ މާލެއިން އެ ގައުމަށް ފުރަންގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި “ބޮމެއް” އޮތްކަމަސް ބުނެ ވާހަކަ ދެއްކި މީހެއްކަމަށް ފުލުހުން ބުނެފިއެވެ.

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެ މީޑިއާތަކުގައި ފެތުރެން ފެށުމުން، ނޫސްވެރިން ވަނީ އެކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް އެދިފައެވެ.

މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެ މީހާއަކީ ޑިސެމްބަރުގެ 29 ގެ މެންދުރު، 13:30 އެހާކަށްހާއިރު މާލެ އިން ފުރަން ގޮސް އެއާޕޯޓްގައި ހުރި އުމުރުން 28 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ. އަދި އޭނާ ވަނީ “ބޮމެކ”ޭ ބުނެ ވާހަކަ ދައްކާފައިކަމަސް ފުލުހުން މައުލޫމާތު ދިނެވެ.

އެ އަމަލުގެ ސަބަބުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށާއި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުކޮށް ތަހުގީގު ކުރުމަށް 5 ދުވަސް ދީފައި ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލައިގެ ބާވަތަށް ބަލައި އެކަށީގެންވާ ހެކި ހުށަހަޅާފައި ވުމާއި އެކު އެމީހާ އަކީ ބިދޭސީއަކަށްވެފައި ފިލާފާނެ ކަމަށް ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ދޭ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން އެއާޕޯޓުގައި އޭނާ އެގޮތަށް ވާހަކަ ދައްކައި ހެދުމުން، ސެކިއުރިޓީން ވަނީ ބަލާ ފާސްކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހަދާ، އެއާޕޯޓުގައި އަޑުގަދަކޮށްފައިވާ ކަމަށް ވަނީ އެނގިފައެވެ.

ބޮމެއް އޮތް ކަަމަށް ބުނެ، ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ޓެރަރިޒަމްގެ ކުށެކެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިން ކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެ މީހެއްގެ އަދަބަކީ ހަތަރު އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: