ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފުތާހިރުކަމެއް ނެތުމުގެ ސަބަބުން އައިޖީއެމްއެޗްގެ ކެންޓީން އެޗްޕީއޭއިން ބަންދުކޮށްފި

ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެ، އައިޖީއެމްއެޗްގެ ކެންޓީނު ބަންދުކޮށް ޖާހާފައިވާ ނޯޓިސް/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ސާފުތަރިހިރުކަން ދަށްވެ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބަލާ މިންގަނޑުތަކަށް ނުފެތުމުގެ ސަބަބުން ތަނުގެ ކެންޓީން ބަންދުކޮށްފިއެވެ.

“ސަންސެޓް ހައުސް” ގެ ނަމުގައި ހިންގަމުންދާ އެ ކެންޓީނުގެ އިންސްޕެކްޝަންއަށް ފަހު ބަންދުކުރީ މިއަދު އެވެ. އައިޖީއެމްއެޗްގެ ކެންޓީނު ބަންދުކުރަން ނޯޓިސްދީ، އެޗްޕީއޭއިން ބުނެފައިވަނީ ތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ނެތް ކަމަށެވެ.

އެޗްޕީއޭއިން ދެން އަލުން ކެންޓީން ހުޅުވުމުގެ ހުއްދަ ދޭ، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމުންނެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން، ރަނގަޅުކޮށް އެކަން އެޗްޕީއޭއަށް ހުށަހެޅުމުން ހުއްދަ އަލުން ދޫކުރާނެއެވެ.

މީގެ ކުރިން ވެސް ސާފުތާހިރުކަން ދަށް ވެ، އައިޖީއެމްއެޗްގެ ކެންޓީން ބަންދުކޮށްފައި ވެއެވެ. އަދި އައިޖީއެމްއެޗްގެ ކެންޓީނުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށް ވުމާއި، ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމެއް ނެތުމުން މައްސަލަ ދޭތެރެއަކުން ސޯޝަލް މީޑިއާގައި ފެންމަތި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަންނަނީ ކޮންމެ ހަފްތާއަކު ވެސް ހާއްސަ އިންސްޕެކްޝަންތަކެއް ކުރަމުންނެވެ. ރެސްޓޯރެންޓު، ކެފޭތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ކާބޯތަކެތީގެ ޒަރިއްޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލު ކުރާ ވަކި ގަވައިދެއް އޮވެއެވެ. އަދި އެޗްޕީއޭއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި މާލޭގައި ހިންގަމުން އަންނަ ގިނަ ކެފޭ، ރެސްޓޯރެންޓުތައް ބަންދުކުރަން އަންގާފައެވެ.

އެޗްޕީއޭއިން ދަނީ ކާބޯތަކެތީގެ ހިދުމަތްދޭ، އެކި ރެސްޓޯރަންޓާއި، ކެފޭ، އަދި ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތަނަށް ބަލައި ފާސް ކުރަމުންނެވެ.

ކޮވިޑު-19 ގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވަކި ހާއްސަ އުސޫލަކަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ. އަދި ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ވެސް އަންގާފައި ވެއެވެ. އެހެން ނަމަވެސް މާލޭގައި ހިންގަމުން އަންނަ ކެފޭ، ހޮޓާތަކުގައި ސާފުތާހިރުކަމުގެ އެއްވެސް މިންވަރެއް ނުހުންނަކަން ފާހަގަ ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: