ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީ ހަމީދު ލަދު ގަންނަންޖެހޭ: ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު ހިދުމަތުން ރިޓަޔާކުރެއްވި ޑރ. އަބްދުﷲ ފައިރޫޝްގެ ހިދުމަތުގެ އަގުވަޒަންކޮށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓް ކުރެއްވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވެއްޖެއެވެ.

އޭސީޕީ ފައިރޫޝް ރިޓަޔާ ކުރެއްވިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވަނީ ފުލުހުންގެ މުއައްސަސާއަށް ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ހެންވޭރި ހުޅަނގު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ހަސަން ލަތީފް ވަނީ ސީޕީ ހަމީދު ޓެގް ކުރައްވައި “ޝޭމް އޮން ޔޫ” މިފަދައިން ވިދާޅުވެ ސީޕީ ހަމީދުގެ ބަސްފުޅަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައިދިޔް ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: